ސިދްރަތުﷲގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލައިފި

ރަސްފަންނާއި ދިމާލު މޫދު އަޑީގައި މަރުވެފައި އޮއްވަ ފެނުނު ގދ. ގައްދޫ އުމުރުން 30 އަހަރުގެ މުހައްމަދު ސިދްރަތުﷲ ގެ ހަށިގަނޑު އިންޑިއާއިން ރާއްޖެ ގެނެސް ވަޅުލައިފި އެވެ. ސިދުރަތުﷲ ހަށިގަނޑު ފެނުނީ މިދި...

05 Nov 2020 | 18:05

ރަސްފަންނާއި ދިމާލު މޫދު އަޑީގައި މަރުވެފައި އޮއްވަ ފެނުނު ގދ. ގައްދޫ އުމުރުން 30 އަހަރުގެ މުހައްމަދު ސިދްރަތުﷲ ގެ ހަށިގަނޑު އިންޑިއާއިން ރާއްޖެ ގެނެސް ވަޅުލައިފި އެވެ.

ސިދުރަތުﷲ ހަށިގަނޑު ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ މަރުވެފައި އޮއްވަ ފެނުނީ އެ ދުވަހު އެ ސަރަހައްދަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށެވެ.

ސިދްރަތުﷲގެ މަރުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ވަޅުނުލައި މޯޗަރީގައި ބޭއްވުމަށް ފަހު، ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ. ފުލުހުން ބުނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

ފުލުހުން ބުނީ އިންޑިއާގައި އޭނާގެ ޕޯސްޓްޕޯޓަމް ހެދީ ޓްރިވެންޑްރަމް މެޑިކަލް ކޮލެޖުން ކަމަށެވެ. އަދި މިއަދު ސިދްރަތުﷲގެ ހަށިގަނޑު ރާއްޖެ ގެނެސް އާއިލާ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ސިދްރަތުﷲ ވަޅުލާފައިވަނީ މިރޭ އިޝާ ނަމާދަށް ފަހު އެވެ.

ފުލުހުން ވަނީ ސިދްރަތުﷲގެ މަރާއި ގުޅިގެން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން 30 ވަނަ ދުވަހު ހެނދުނު ރަސްފަންނަށް ދިޔަ މީހުންނާއި އޭނާ އާއި ބައްދަލުވެފައިވާނަމަ ފުލުހުންނާއި މައުލޫމާތު ހިއްސާކުރަން އެދިފައި އެވެ. އަދި ފަހުން ފުލުހުން ވަނީ ސިދްރަތުންﷲ އެ ދުވަހު މޫދަށް ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފައި އެވެ.

އެކަމަކު މިހާތަނަށް ސިދްރަތުﷲގެ މަރާއި ގުޅޭ އިތުރު އާ މައުލޫމާތެއް ހާމަވެފައެއް ނުވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް