ﷲ ވަޢުދުކުރައްވާފައިވާ 5 ކަމެއް ހަނދާންކޮށްލަމާ

ކީރިތި ޤުރުޢާނުގައިވާ މޫރިތި އާޔަތްތަކުގެ މާނައަށް ވިސްނާ ފިކުރު ހިންގައިފިނަމަ ގުނާ ޢަދަދު ނުކުރެވޭވަރުގެ ފައިދާތައް ލިބިގެން ދެއެވެ. މި ލިޔުމުގައި މި އަލި އަޅުވާލަނީ ކީރިތި ޤުރުއާނުގައި މާތް ﷲ އެކަލ...

16 Feb 2021 | 16:05

ކީރިތި ޤުރުޢާނުގައިވާ މޫރިތި އާޔަތްތަކުގެ މާނައަށް ވިސްނާ ފިކުރު ހިންގައިފިނަމަ ގުނާ ޢަދަދު ނުކުރެވޭވަރުގެ ފައިދާތައް ލިބިގެން ދެއެވެ. މި ލިޔުމުގައި މި އަލި އަޅުވާލަނީ ކީރިތި ޤުރުއާނުގައި މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ކުރައްވާފައިވާ ބައެއް ވަޢުދުފުޅުތަކަށެވެ.

يَا أَيُّهَا النَّاسُ إِنَّ وَعْدَ اللَّـهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا ۖ وَلَا يَغُرَّنَّكُم بِاللَّـهِ الْغَرُورُ ﴿٥﴾

”އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި اللَّهއާމެދު شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!“ (سورة فاطر 5 )

1. އީމާންވެ ޞާލިޙް ޢަމަލުކުރާމީހުންނަށް ސުވަރުގެ ދެއްވުން

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ وَعْدَ اللَّـهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ اللَّـهِ قِيلًا ﴿١٢٢﴾

އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. اللَّه، وعد ކުރައްވާފައިވަނީ حق ތެދެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟ (سورة النساء 122 )

2. ޝުކުރު ކޮށްފިނަމަ އިތުރު ކޮށްދެއްވުން

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ﴿٧﴾

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذابގަދަފަދަވެގެންވާކަން ކަށަވަރެވެ. (سورة ابراهيم 7 )

3. ދުޢާ ކޮށްފިނަމަ ދުޢާ އިޖާބަ ކުރެއްވުން

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴿٦٠﴾

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاءއިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ. (سورة غافر  60 )

4. އަޅުތަކުން އެކަލާނގެ ހަނދުމަކޮށްފިނަމަ، އެކަލާނގެ އަޅުތަކުން ހަނދުމަކުރެއްވުން

فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ﴿١٥٢﴾

ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ! (سورة البقرة  152 )

5. އިސްތިޣުފާރު ކުރަމުންދާހާ ހިނދެއްގައި ޢަޛާބު ނުދެއްވުން

وَمَا كَانَ اللَّـهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ اللَّـهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ﴿٣٣﴾

އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ. އަދި އެއުރެން استغفار ކޮށްކޮށް ތިއްބައި، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ. (سورة الأنفال  33 )

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް