ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި އުޅުނު އުމުރުން43 އަހަރުގެ ހައުލަދް މުއްލާހް އާއިލާގެ ބަޔަކާއި އެކު އުފަން ސިޓީ ޔާންބޫއަށް ދިޔައީ ކޯވިޑް-19 އާއި ގުޅިގެން މުޅި ގައުމު ލޮކްޑައުން ކުރުމުގެ ކުރިންނެވެ.
އެ ދަތުރުގައި އޭނާގެ ޅިއަނަކު ބައިވެރިވި ކަމަށާއި އޭގެ ދުވަސްކޮޅެއް ކުރިން ގައުމުން ބޭރަށް ދިޔަ މީހަކާއި ބައްދަލުވި ކަމަށް ޅިއަނު ބުނި ކަމަށެވެ. އެ އާއިލާގެ އެންމެންނަށް ވައިރަސް ޖެހުނީ ޅިއަނުގެ އެކުވެރިޔާގެ ފަރާތުންނެވެ.
އެގޮތުން މަދީނާ އާއި ޔާންބޫ އާއި ވެރިރަށް ރިޔާދު ސިޓީގައި އެ އާއިލާގެ އެކި މީހުން ދިރިއުޅެމުންދިޔަ ގެތަކުގައި ވައިރަސް ފެތުރި އާއިލާގެ އެންމެންނަށް ކޯވިޑް ޖެހުނެވެ. އެ އެންމެން ބައްދަލުވީ ޔާންބޫ ސިޓީ އިންނެވެ.
ހައުލަދު ބުނެފައިވާ ގޮތުގައި ވައިރަސް ޖެހިގެން އޭނާ ހޭދަ ކުރި14 ދުވަހު ތަޖުރިބާ ކުރަން ޖެހުނީ ދުވަހަކުވެސް ބައްޔެއް ވެގެން ނުކުރާވަރުގެ ހިތްދަތި ތަޖުރިބާތަކެކެވެ. ހާލު ބޮޑުވެ އޭނާއަށް ފަރުވާ ދިނީ ހޮސްޕިޓަލްގައި އެވެ.
އޭނާ ތަޖުރިބާ ކުރި ކަންކަމާ ގުޅޭގޮތުން ބުނެފައިވަނީ ކާ އެއްވެސް އެއްޗެއްގައި ރަހައެއް، ވަހެއް ނުދުވާ ކަމަށެވެ. ކޮޅައް ތެދުވާ އިރަށް އަނބުރައިގަނެގެން ވެއްޓެވެ. ނޭވާ ހާސްވެ ނޭވާ ނުލެވޭ އެތައް ވަގުތެއް ދިޔަ ކަމަށް ބުނެފައިވެ އެވެ. ބޮލުގައި ރިއްސާ ހުން އާދެ އެވެ.
އޭނާ ބުނީ އެ ހުރިހާ ކަމަކާއި ދެކޮޅަށް ހިތްވަރުކޮށް މަސައްކަތް ކުރި ކަމަށެވެ. ކާހިތް ނުވިޔަސް ކާން ގެންދިޔަ ކޮންމެ އެއްޗެއް ކެވޭތޯ ބެލި އެވެ. ބޮލުގައި ރިއްސާވަރުން ބޭސް ކެއުމަށް ފަހު ގިނަ ގިނައިން ފެނާއި ދިޔާ އެއްޗެހި ބުއި ކަމަށް ބުނެފައިވެ އެވެ.
ނޭވާ ހާސްވެ ނުލެވޭ ވަގުތުތައް ގޮސް އެކަން ހަމަޖެހިލުމުން މަޑުމަޑުން އިނދެގެން ފުންކޮށް ނޭވާލައި ފުއްޕާމެއަށް ހަމަޖެހުން ގެންނަން އަމިއްލައަށް މަސައްކަތް ކުރިކަމަށް ބުނެފައިވެ އެވެ. އަދި އަބަދުވެސް އާއިލާ އާއި ގުޅުން ބަދި ކުރުމުގެ ގޮތުން ފޯނުން ވާހަކަ ދައްކައި އެމީހުންގެ ފަރާތުން ހިތްވަރު ލިބިގަތެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ ކިތަންމެ ބަލި ހާލުގައި އޮތް ނަމަވެސް މާތް ﷲ ހަނދުމަކޮށް ދުއާކޮށް އަޅުކަން އަދާ ކުރުމަކީ ލިބޭ ހިތްވަރަކަށް ވާނެކެމެވެ. ހައުލަދް ބުނެފައިވާ ގޮތުގައި ބަލިހާލަތު ބޮޑުވެ ނޭވާ ހާސްވާ ބައެއް ފަހަރުތަކުގައި މިއީ އެންމެ ފަހު ނޭވާއޭ ހިތަން އެރި އެތައް ފަހަރެއް ދިޔަ ކަމަށެވެ
އެކަމަކު އެއިން ކޮންމެ ވަގުތުކޮޅެއްގައިވެސް ﷲ ހަނދުމަކޮށް ވަކީލްކޮށް ދުއާ ކުރިކަމަށް ބުނެފައިވެ އެވެ. އޭނާ ބުނީ ބަލިން ސަލާމާތްކޮށްދެއްވަން ﷲ ރަހްމަތް ލެއްވި ކޮންމެ އިންސާނަކަށް ކޮންމެ ހާލެއްގައި އޮތަސް ޝިފާ ދެއްވާނެ އެވެ. އޭނާ އެކަން މިއަދު ހިތުގެ އަޑިން ގަބޫލް ކޮށް ތަޖުރިބާ ކުރެވިފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
މިހާރު ބަލިން އެއްކޮށް ރަނގަޅުވެ ހައުލަދް ހުރީ ރިޔާދުގެ ގެސްޓް ހައުސްއެއްގައި އައިސޮލޭޝަން މުއްދަތު ފުރިހަމަ ކުރާށެވެ.
އެންމެންނަށްވެސް އޭނާ ދީފައިވާ ނަސޭހަތަކީ އަޅުމަކާއި ދުރު ނުވެ ހިތްވަރު ގަދަކޮށް ބަލި ސަލާމަތްވުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް