މާތް ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާގެ އަޅުތަކުންގެ ތެރެއިން އަޅަކު ދެކެ ލޯބިވެ ވޮޑިގެންފިނަމަ، މުހިއްމު ދެ ކަމެއް ވާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ހަދީސްގެ އެންމެ އިތުބާރުކުރެވޭ އެއް ފޮތް ކަމަށްވާ ބުޚާރީގައި އަބޫހުރައިރާ ރިވާ ކުރައްވާފައިވާ ހަދީސެއްގެ މާނާގައި ވެއެވެ. ﷲ އަޅަކުދެކެ ލޯބޮވޮޑިގެންފިނަމަ އެކަލާގެ ޖިބްރީލްގެފާނަށް ދަންނަވަތެވެ. އޭ ޖިބްރީލްގެ ފާނެއެވެ. ތިމަން ﷲ މިވެނި މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންވަމެވެ. ތިބާވެސް އެމީހާ ދެކެ ލޯބިވާށެވެ. މިއީ ފުރަތަމަ ކަންތަކެވެ.
ލޮބުވެތި މުސްލިމް އަޚާއެވެ. ލޮބުވެތި މުސްލިމް އުޚުތާއެވެ. ތިބާ އަކީ ﷲގެ ލޯބި ލިބިގެންވާ އަޅަކަށް ވުމަށް ވުރެ ވަކިން ބޮޑު އުފަލެއް ދުނިޔެއާއި އާޚިރަތުގައި އިންސާނައަކަށް ލިބޭނެ ހެއްޔެވެ. ގައުމު ރައީސަކު ނުވަތަ ބާރުގަދަ ފަރާތަކީ ތިބާގެ ރަހުމަތްތެރިއެއްނަމަ ކިހާ އުފާވޭ ހެއްޔެވެ. ވެރިންގެ ވެރި ﷲ ރައްބުލް ކާއިނާތު ތިބާދެކެ ލޯބިވެވޮޑިގެންފިނަމަ އެއީ ޚިޔާލަށް ފިކުރަށް ނުގެނެވޭ ވަރުގެ މަތިވެރި މާތް ކެމެކެވެ.
ދެވަނަ ކަމަކީ ތިބާގެ ހަށިގަނޑުގައި ބީހުމަކީ ޖަހައްނަމަށް ކުރެވޭނެ ކަމެއް ނޫނެވެ. ﷲ ތިމާ ދެކެ ލޯބިވެވޮޑިގެންވާނަމަ ތިބާ ނަރަކައިން ސަލާމަތްކުރައްވާނެއެވެ. ދުނިޔެ މަތީގައި ވެސް ތިމާ ލޯބިވާ މީހުން އެކި އެކި އުދަގޫ ތަކާއި ނުރައްކާތަކުން ރައްކާކުރަން ތިބާ އުޅެމެއް ނޫންހެއްޔެވެ. ތިބާ ލޯބިވާ މީހަކަށް ހިތާމައެއް ބިރުވެރި ކަމެއް ކުރިމަތިވާން ތިބާ ބޭނުންނުވެއެއް ނޫހެއްޔެވެ.
ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ އަޅަމެން އެންމެންނަކީ ﷲ ދެކެ ލޯބިވާ އަދި އަޅަމެން އެންމެންނަކީ ﷲ ލޯބިވެވޮޑިގެންވާ ބައެއް ކަމުގައި ލައްވާދޭވެ. އާމީން
https://www.youtube.com/watch?v=YU2jRrPtRTk
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް