ޑޮކްޓަރ އަބްދުﷲ ނިޔާފް ވެސް ކޮވިޑް 19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ. ޑރ. ނިޔާފް ވެގެން ގޮސްފައި ވާނީ އޭޑީކޭއިން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ޑޮކްޓަރ އަށެވެ.
ވެކްސިން ޖައްސަވައި، ޓުވިޓަރގައި ފޮޓޯއެއް ހިއްސާ ކުރައްވަމުން ޑރ. ނިޔާފް ވަނީ، ކޮވިޑް ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ގޮވާލާފައެވެ.
https://twitter.com/niyaf/status/1356099884474978304
ދިވެހި ރާއްޖޭގެ ޑޮކްޓަރުންވެސް ހިމެނޭ ގޮތަށް އެކި ފަރާތްތަކުން މި ވަނީ ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ސިއްޙީ ދާއިރާގައި އުޅުއްވާ ޑރ. ނިޔާފް ފަދަ މޮޅެތި، މަޝްހޫރު ބޭފުޅުން ވެކްސިން ޖަހަމުން ދާއިރު، ރައްޔިތުން ވެސް ވެކްސިން ޖެހުމަށް އެ ބޭފުޅުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް