ބާޒަކީ އާންމުގޮތެއްގައި ވަރަށް މައްޗަށް އުދުހޭ ދޫންޏެކެވެ. އެގޮތުން 10000 ފޫޓު މައްޗަށް އުދުހެވޭ މި ދޫނި ކިތަންމެ މައްޗަށް އުދުހުނު ނަމަވެސް ބޭނުންކުރަނީ އޭތީގެ ފިޔަގަނޑާއި އަދި ހަށިގަނޑުގެ ވަރަށް މަދު ހަކަތައެއް ކަމުގައިވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވެސް އުޅޭ ކާޅަކީ ބާޒަށް ވަރަށް އުނދަގޫކުރާ އެއްޗެއް ކަމުގައިވެއެވެ. އެގޮތުން ބާޒު އުދުހެމުން މައްޗަށް އަރާ ވަޤުތުގައި ކާޅު އޭތީގެ ބަރަކަށި މައްޗަށް އަރާ ކާޅު އިނދެއެވެ. މިހެން އަރާ އިންނަނީކީ ނޫނެވެ. ބާޒަށް ވަރަށް ގޯނާވެސް ކުރާކަމަށް ވެއެވެ.
ބާޒުގެ ބުރަކަށި މަތީގައި ކާލު އިނދެގެން އޭގެ ތުންގަނޑުން ބާޒުގެ ގައިގައި ތުންތަޅާ އަދި އޭގެ ފިޔަތައް ނައްޓުވައެވެ. އަދި ބާޒަކީ މަދު ހަކަތައެއް ބޭނުންކޮށްގެން މައްޗަށް އުދުހެވޭ އެއްޗެއްކަމުން އަޅާލުމެއްވެސް ނެތި މަޑުމަޑުން މައްޗަށް އުދުހެއެވެ.
މިހެން ވަކި ހިސާބަކަށްވުރެން މައްޗަށް ދެވުމުން އޮކްސިޖަން މަދުވުމުގެ ސަބަބުން ކާޅަށް ނޭވާލާން އުނދަގޫވެ ވެއްޓެއެވެ. ބާޒުގެ މި ބުއްދިއާމެދު ހަމަ ހައިރާންވަމެވެ. ސުބްޙާންالله . ކުޅަދުންވަންތަކަމެވެ.
ބާޒުގެ އުމުރަކީ އާންމުގޮތެއްގައި 14 އަހަރާއި 20 އަހަރާ ދެމެދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް