ކުޅުދުއްފުށީ ސިޓީގައި މިއަދު ހިނގި އެކްސިޑެންޓުގައި ސައިކަލުތައް ވެއްޓިފައި -- ފޮޓޯ: ސޯޝަލް މީޑިއާ
ކުޅުދުއްފުށި ސިޓީ އަމީނީމަގުގައި މިއަދު މެންދުރުފަހު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ދެ މީހަކާއި، އެ ސަރަހައްދުން ބައިސްކަލެއްގައި ދަތުރުކުރި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 2:09 ހާއިރުއެވެ. އެކްސިޑެންޓު ހިނގި ވަގުތު ވިއްސައިގެން ދިޔަ ތަކެތި ބައިސްކަލުގައި ދިޔަ ކުއްޖެއްގެ ގައިގައި ޖެހި، އެ ކުއްޖާއަށް ވެސް ގެއްލުން ލިބުނެވެ.
މި އެކްސިޑެންޓުގަޢީ ސައިކަލު ދުއްވި ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސް ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަންހެން މީހާގެ ފައި ބިނދި، ހަށިގަނޑުގެ ތަންތަން މަށައިގެން ގޮސްފައިވާ އިރު، ބައިސްކަލުގައި ދިޔަ ކުޑަކުއްޖާގެ ވާތު ފަޔަށް ތަދުވެ ކަށިމަތި މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ތިން މީހުންނަށް ވެސް ފަރުވާ ދެމުން ގެންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
މި އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް