މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެން މަތިވެރިވެގެންވާ ކަމެއް: ޚުތުބާ

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެން މަތިވެރިވެގެންވާ ކަމެއްކަން ބަޔާންކޮށް، އެދެމީހުންނަށް ހެޔޮކޮށް ޚިތުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. މައިންބަފައިންނަ...

07 Aug 2020 | 09:19

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެން މަތިވެރިވެގެންވާ ކަމެއްކަން ބަޔާންކޮށް، އެދެމީހުންނަށް ހެޔޮކޮށް ޚިތުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މައިންބަފައިންނަށް އިހްސާންތެރިވެ ހެޔޮކޮށް ހިތުމަށް މިއަދުގެ ހުކުރު ހުތުބާ ހާއްސަކުރެވިފައިވާއިރު ހުތުބާގައި ބުނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދިރިއުޅުން ރަނގަޅުވެގެންދާނެ ކަމެއް ކަމަށާއި އަދި ހިތްހަމަޖެހުމާއި އުފާވެރިކަން ވެސް ގެނުވާނެ ކަމެއް ކަމަށެވެ.

މައިންބަފައިންނަށް ކަމޭހިތުމަކީ ދީލަތިކަމުގެ ސިފައެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ އެކަމަކީ ސުވަރުގެއަށް ވެސް ވާސިލުވެވޭނެ މަގެއް ކަމަށެވެ.

ޚުތުބާގައި ބުނީ މާތް ﷲގެ ރުހުން އެދޭ ކަމަށް ވަނީ ނަމަ މައިންބަފައިންގެ ރުހުން ހޯދަން ޖެހޭ ކަމަށާއި، ބާއްޖަވެރި އަކީ މާތްﷲ އަށް ތަގްވާވެރިވުމަށްފަހު އެމީހެއްގެ މައިންބަފައިންނަށް ހެޔޮކޮށް ކަންތައް ކުރާ މީހާ ކަމަށެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެ ހެޔޮކޮށް ނުހިތާ މީހަކީ އަބާއްޖަވެރިއެއް ކަމަށް ޚުތުބާގައިވެއެވެ.

މައިންބަފައިންނަށް ކަމޭ ހިތުމީ މުސީބާތްތަކުން ސަލާމާތްވެވޭ ބަރަކާތް ހާސިލުކޮށްދޭ އަދި ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބެއް ކަމަށާއި، އެކަމުގެ ސަބަބުން ކަންބޮޑުވުންތަކާއި ހާސްކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ލިބިގެންދާއިރު ދިރިއުޅުން ރަނގަޅު ކޮށްދޭ ކަމަށް ޚުތުބާގައިވެއެވެ.

ހުތުބާގައި ބުނީ ނަބިއްޔާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ގޮތުން އެމީހެއްގެ މައިންބަފައިން މުސްކުޅި ހާލުގައި ތިއްބާ އަޅާނުލާއި މީހުންނަކީ ސުވަރުގެ ނުވަދެވޭނެ މީހާ އެވެ.

މާތް ﷲގެ ރަހްމަތްފުޅުން މައިންބަފައިންނަށް ހެޔޮކޮށް ހިތުން ވަނީ ދެމިގެންވާ ކަމެއްގެ ގޮތުގައި ލައްވާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެދެމީހުން ކުރެ މީހަކު ނުވަތަ އެދެމީހުން ދުނިޔެ ދޫކުރުމަށްފަހު ވެސް ހެޔޮކޮށް ހިތޭނެ މަގު މާތް ﷲ ފަހިކޮށްދެއްވާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް