ދިވެހި ރާއްޖޭގެ ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު، މާދަމާގެ ވަގުތެއްގައި ބަންގަލަދޭޝް އަށް ވަޑައިގަންނަވާނެ ކަމުގައި އެ ގައުމުގެ މީޑިއާގައި ރިޕޯޓްކޮށްފިއެވެ.
އެގޮތުން ދާކާ ޓްރިބިއުންގައި ރިޕޯޓްކޮށްފައިވާގޮތުގައި އަބްދުﷲ ޝާހިދުގެ މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކާ އަބްދުލް މޫމިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަބްދުﷲ ޝާހިދުގެ މި ދަތުރުފުޅު މި ހަފްތާގެ ބުރާސްފަތި ދުވަހާއިހަމައަށް ކުރިއަށްދާނެ ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްބައި އެއްބަސްވުންތަކެއްގައި ސޮއި ކުއްވާނެކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ. އަދި އަބްދުﷲ ޝާހިދުގެ މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ރައީސް އެމްޑީ އަބްދުލް ހާމިދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް