ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވޯޓު ލައްވައިފި

މިހާރު ކުރިއަށްދާ ކައުންސިލް އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވޯޓު ލައްވައިފި އެވެ. ވޯޓުލުމަށް ފަހު ޝާހިދު ވިދާޅުވީ އެއީ ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި އ...

10 Apr 2021 | 07:11

މިހާރު ކުރިއަށްދާ ކައުންސިލް އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވޯޓު ލައްވައިފި އެވެ.

ވޯޓުލުމަށް ފަހު ޝާހިދު ވިދާޅުވީ އެއީ ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި އެންމެން ވެސް ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފައި ވޯޓުލުމަށް ވަޒީރު ގޮވާލެއްވިއެވެ.

https://twitter.com/abdulla_shahid/status/1380775008981540866

މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އެއީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. މީގެ އިތުރުން މާލެ ސިޓީގެ މޭޔަރާއެކު ސިޓީ ކައުންސިލަށް 18 މެންބަރުން އައްޑޫ ސިޓީއަށް މޭޔަރާއެކު 12 މެންބަރުން އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް މޭޔަރާއެކު ހަ މެންބަރުން އިންތިހާބު ކުރާނެ އެވެ.

މިފަހަރުގެ އިންތިހާބުގައި ނުވަ ޕާޓީއަކުން ކެންޑިޑޭޓުން ނެރެއެވެ. އަދި އަމިއްލަ ގޮތުން ގިނަ ކެންޑިޑޭޓުން ވާދަ ކުރެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ދެ އިންތިހާބަށް 1476 ކެންޑިޑޭޓުން ނެރެފައިވެއެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 826 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް 650 ކެންޑިޑޭޓުންނެވެ. ދެން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. ދެ އިންތިހާބަށް އެ ޕާޓީން ނެރެފައިވަނީ 1146 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލްގެ ގޮނޑިތަކަށް 647 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް 499 ކެންޑިޑޭޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް