ކެހެރިއާއި ލޯ ނެތް ބުޅަލެއް

"ޖެސްޕާ" ނަމަކަށް ކިޔާ މި ބުޅަލުގެ ވެރިފަރާތުން ބުނާގޮތުގައި ޖެސްޕާ ވިހޭއިރުގައި ދެ ލޯވެސް އިން ކަމަށެވެ. އެހެން ނަމަވެސް ލޮލަށް ޖެހުން އިންފެކްބަނެއްގެ ސަބަބުން ކުރި އޮޕަރޭޝަނަކަށްފަހުގައި ޖެސްޕާގެ ލ...

31 Dec 2020 | 14:41

"ޖެސްޕާ" ނަމަކަށް ކިޔާ މި ބުޅަލުގެ ވެރިފަރާތުން ބުނާގޮތުގައި ޖެސްޕާ ވިހޭއިރުގައި ދެ ލޯވެސް އިން ކަމަށެވެ. އެހެން ނަމަވެސް ލޮލަށް ޖެހުން އިންފެކްބަނެއްގެ ސަބަބުން ކުރި އޮޕަރޭޝަނަކަށްފަހުގައި ޖެސްޕާގެ ލޮލުގެ ފެނުމުން މަހުރޫމުވީކަމުގައެވެ.

ފުރަތަމައަށް ނެގީ އެންމެ ލޮލެއްކަމަށާއި އެއީ 2013 ވަނަ އަހަރުގައި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭގެ 5 އަހަރު ފަހުން އަނެއް ލޯވެސް ނަގަންޖެހުނީކަމުގައި އޭނާ ބުނެފައިވެއެވެ.

އޮޕަރޭޝަނަށްފަހުގައި ޖެސްޕާ މުޅިން ރަނގަޅުވި ނަމަވެސް މި އަހަރުގެ ނޮވެމްބަރ މަހުގެ މެދުތެރެ ހިސާބުގައި ޖެސްޕާ މަރުވެއްފައިވާ ކަމަށްވެސް ޖެސްޕާ ގެންގުޅު ނު ފަރާތުން ބުނެފައިވެއެވެ.

ބުޅަލުގެ ވެރިޔާ އިތުރަށް ބުނެފައިވަނީ ޖެސްޕާ ވަކިވެގެން ދިޔުން އެއީ އޭނައަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި އަދި ކެއްކުރަން އެންމެ އުނދަގޫވި އެއް ކަންތައްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް