އެމެރިކާގެ އެލް.އޭ ކައުންޓީގައި ކޮންމެ 10 މިނެޓަކުން ކޮވިޑް-19ގެ ޕޭޝަންޓެއް މަރުވޭ: ރިޕޯޓު

އެމެރިކާގެ ކެލިފޯނިއާގެ ލޮސްއެންޖަލީޒް ކައުންޓީގައި ކޮންމެ 10 މިނެޓަކުން ކޮވިޑް-19ގެ ޕޭޝަންޓެއް މަރުވާ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ނުރައްކާ މަންޒިލްގެ ގޮތު...

31 Dec 2020 | 14:30

އެމެރިކާގެ ކެލިފޯނިއާގެ ލޮސްއެންޖަލީޒް ކައުންޓީގައި ކޮންމެ 10 މިނެޓަކުން ކޮވިޑް-19ގެ ޕޭޝަންޓެއް މަރުވާ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ނުރައްކާ މަންޒިލްގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގެ މަސްރަހުން ކެލިފޯނިއާއަށް ބަލާއިރު، މި ބަލީގައި އެ ސަރަހައްދުން މަރުވާ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރު ވެފަ އެވެ.

އެގޮތުން ބުދަ ދުވަހު އެކަނިވެސް ކެލޮފޯނިއާއިން މަރުގެ 432 ކޭހެއް ރެކޯޑް ކޮށްފައިވާ އިރު، މިއީ އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރި ދުވަހެވެ.

އެލްއޭ ކައުންޓީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ކޮންމެ 10 މިނެޓަކުން ކޮވިޑް-19ގެ ޕޭޝަންޓެއް މަރުވާ ކަމަށެވެ. ކުރިއަށް އޮތީ މީލާދީ އާ އަހަރުގެ ފެށުން ކަމުގައި ވީ ނަމަވެސް، ރާވާފައި އޮތް ހުރިހާ ދަތުރެއް ކެންސަލް ކުރުމަށާއި، އާއިލާއާއި ލޯބިވާ މީހުންގެ ސަލާމަތާ ރައްކާތެރިކަން އިސް ކުރުމަށްވެސް އެ ޓްވީޓްގައި ވަނީ ގޮވާލާފަ އެވެ.

މި ދަނޑިވަޅަކީ މުޅި ކެލިފޯނިއާ ސްޓޭޓުންވެސް ޕޮޒިޓިވްވި ކޭސްތައް އިންތިހާއަށް އިތުރުވަމުން އަންނަ ދަނޑިވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް