މިސަރުކާރަށް މަސްވެރިންގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ޕްރެސްގައި ހީނާ ވިދާޅުވީ މަސްވެރިންގެ މައްސަލަ ހައްލު ކުރެވޭނީ ސިޔާސަތެއް އޮވެގެން ކަމަށާއި މިސަރުކާރުގައި މަސްވެރިންގެ މައްސަލަ ހައްލުކުރެވޭނެ ސިޔާސަތެއް ނެތް ކަމަށެވެ.
ހީނާ ވިދާޅުވީ ރައީސް ޞާލިހު އިއްޔެ ދައްކަވާ ވާހަތަކާއި، ރައީސް ނަޝީދު މިއަދު ދައްކަވާ ވާހަކާއި ދިމާނުވާއިރު، މަސްވެރިކަމުގެ ވަޒީރާއި، މިފްކޯގެ އެމްޑީ ދައްކަވާ ވާހަކަ ދިމާ ނުވާކަމީ މަސްވެރިކަމުގެ ސިޔާސަތެއް ނެތި މަސއްކަތް ކުރަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
" މަސްވެރިންނަކީ ރާއްޖޭގެ އެންމެބޮޑު އާބާދީއެއް އެއިން ލިބޭ މަންފާއަށް ބަރޯސާވާންޖެހޭ ސިނާއަތެއް. މަސްވެރިކަމުގެ ސިނާއަތަށް އެއްވެސް އަޅާލުމެއް ނެތި، ކަހާތަން ހިރުވާވެސް ނުލައި ތިބޭތިބުމަކީ މިސަރުކާރުގެ ވެރިން މިއަދު ލަދު ގަންނަންޖެހޭ ކަމެއް." ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ދެވުނުހާ ރަށަކަށް ވަޑައިގެން، ކަނޑުމަތިންނާއި ބަދަރުމަތިންނާއި ދޯނިތަކަށް އަރައި ވީވައުދެއް މިއަދު ހަދާނުގައިވެސް ނެތްއިރު، މިއިންކަމެއް ފުއްދައި ނުދެވޭކަމީ މިއަދު މަސްވެރިން އިހުތިޖާޖު ކުރަންޖެހޭ ސަބަބުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް