ފޮރިން މިނިސްޓްރީގެ އާ ޢިމާރާތުގެ ތަޅުދަނޑި ދިވެހި ސަރުކާރާ ޙަވާލުކޮށްފި

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމައި، މަސައްކަތް ކުރި ކުންފުނިން އެތަނުގެ ތަޅުދަނޑި ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. މިއަދު ފޮރިން މިނިސްޓްރީގެ އިމާރާތުގައި ބޭ...

31 Dec 2020 | 13:44

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމައި، މަސައްކަތް ކުރި ކުންފުނިން އެތަނުގެ ތަޅުދަނޑި ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އެވެ. އަދި ސަރުކާރުގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދިޔަ މިމަސައްކަތުގައި، މިނިސްޓްރީ މަރާމާތު ކުރުމުގެ މަސައްކަތްކުރީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.

ޗައިނާގެ އެހީގައި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މަަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް