ފުވައްމުލަކު ސިޓީގެ ރިންގް ރޯޑުގެ މަސައްކަތް ނިންމައިފި

ފުވައްމުލަކު ސިޓީ ރިންގް ރޯޑުގެ މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމާލީ އިއްޔެ ކަމަށެވެ. މި މަޝްރޫޢު...

31 Dec 2020 | 12:20

ފުވައްމުލަކު ސިޓީ ރިންގް ރޯޑުގެ މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމާލީ އިއްޔެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ފުވައްމަލުކުގައި ފައިމަގުގައި ހިނގޭ ގޮތަށް 2950 މީޓަރުގެ ސަރަޙައްދެއް ގާއިމްކޮށްފައިވެ އެވެ. އަދި މަގުގައި ދުއްވޭ ގޮތަށް 20،650 އަކަ މީޓަރުގެ ސަރަޙައްދެއް ހަދާފައިވެ އެވެ.

މީގެ އިތުރުން 4425 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިން ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން އެ ސިޓީގެ ރިންގް ރޯޑުގެ މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 37.19 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް