އެމެރިކާ އާއި ފްރާންސުގެ ލޯނުތައް ދެއްކުން ރާއްޖެއަށް ފަސް ކޮށްދީފި

އެމެރިކާ އާއި ފްރާންސުން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދީފި އެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރީ "ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" ގެ ދަށުންނެވެ. ސްރީ ލަންކާގައި ވަކ...

31 Dec 2020 | 12:14

އެމެރިކާ އާއި ފްރާންސުން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދީފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކުރީ "ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" ގެ ދަށުންނެވެ.

ސްރީ ލަންކާގައި ވަކި ވަކިން ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ އިން ލަންލާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްޒް އެވެ. ފްރާންސްގެ ފަރާޓުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެރިކް ލެވާޓް އެވެ.

އެމެރިކާ އާއި އެކު ވެވުނު އެއްބަސްވުމާއި ގުޅޭގޮތުން ސަފީރު އަލައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ 100،000 ޑޮލަރުގެ ޑެޓް ރިލީފް އެއްބަސްވުމެއް ކަމަށެވެ. މި އެބަސްވުމުގައި ސޮއި ކުރުމުން ކޯވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެ ދަރަނި މެނޭޖު ކުރުމުގައި އިތުރު ލުއިތަކެއް ލިބޭނެ ކަމަށެވެ.

https://twitter.com/USAmbSLM/status/1344228810674212864

ފްރާންސާއި އެކު ވި އެއްބަސްވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެގައުމަށް ރާއްޖެއިން ދައްކަން ޖެހޭ ލޯނުތައްދެއްކުން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ޝާހިދު ވަނީ ކޯވިޑްގެ މިހާލަތުގައި ފްރާންސްއިން ނިންމި މި ނިންމުމަށް ޝުކުރު އަދާ ކުރައްވާފައި އެވެ.

https://twitter.com/abdulla_shahid/status/1344608667933392897

މި ދެ ގައުމުގެ އިތުރުން މީގެ ކުރިން ރާއްޖެއިން ވަނީ ލޯނު ދެއްކުން ފަސްކުރުމުގެ އެއްބަސްވުމުގައި ޗައިނާ އާއި ޖަޕާނާއި އެކު ސޮއި ކޮށްފައި އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބައެއް ގައުމުތަކާއެކު ސޮއިކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް