ނައިފަރުގައި ގާއިމްކުރި ބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތް ނިންމާލައިފި

ޅ. ނައިފަރުގައި ގާއިމްކުރި ބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތް ނިންމާލައިފި އެވެ. މިއީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގ...

31 Dec 2020 | 10:15

ޅ. ނައިފަރުގައި ގާއިމްކުރި ބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތް ނިންމާލައިފި އެވެ.

މިއީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން  ގާއިމްކުރި ކޯޓެކެވެ.

މި ކޯޓުތައް ގާއިމްކޮށްފައިވަނީ ނައިފަރު ކައުންސިލްގެ ފަރާތުން ހަދާފައިވާ އެކުވެނި އިމާރާތުގަ އެވެ.

މި ކޯޓުތައް ނިމިގެންދިޔުމާއެކު ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ ބެޑްމިންޓަން އެސޯސިއޭޝަނާއި، އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު މި މަސައްކަތް ކުރުމަށް ދެއްވި އެއްބާރުލުމަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ނައިފަރުގެ ކޯޓުތައް ނިމިގެންދިޔުމާއި ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ވަނީ ލާމަރުކަރުކޮށް ކުޅިވަރު ކުޅެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރެއްވުމަށް މިނިސްޓަރ މަހްލޫފް އިސްނަންގަވައިގެން ޔޫތު މިނިސްޓްރީގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ. ހަމައެހެންމެ މިއީ ދުރު ރާސްތާގައި ބެޑްމިންޓަން ފެޑެރޭޝަންއެއް ގާއިމްކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.

ނައިފަރުގެ އިތުރުން ފ. ދަރަނބޫދޫގެ އިންޑޯ ހޯލްގައި 2 ކޯޓު އެޅުމާއި އަދި ބ. މާޅޮހުގައި އެއް ކޯޓު އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ކޯޓުތައް އެޅުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް ރަށްރަށަށް ފޮނުވަން ފަށާފައިވަނީ މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް