މާދަމާ ފެށޭ 2021 ވަނަ އަހަރާ ދިމާކޮށް ކައިލީ ޖެނާ އޭނާގެ އިސްތަށިގަނޑުގެ ކުލަ މިވަނީ ބަދަލުކޮށްލާފައެވެ.
މިފަހަރު ކައިލީ އޭނާގެ އިސްތަށިގަނޑުގައި ޖައްސާފައި މިވަނީ މަޑު ރަތްކުލައެކެވެ.
އުމުރުން 23 އަހަރުގައި އަމިއްލަ ކޮސްމެޓިކްސް ބްރޭންޑެއް ވުޖޫދަށް ގެނެސްފައިވާ ކައިލީ އޭނާގެ އިސްތަށިގަނޑަށް ގެނައި ބަދަލު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ކައިލީގެ އިސްތަށިގަނޑަށް މި ގެނައި ބަދަލާއި ގުޅިގެން ސޯޝަލް މީޑިއާގައި ފޭނުން ދަނީ ތައުރީފު އޮއްސަމުންނެވެ. އަދި ހަމަ ބައެއް މީހުންގެ ފާޑުކިޔުންތައްވެސް ދަނީ އޭނާއަށް އަމާޒުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް