93 މީހުން މަރާފައިވާ މީހަކު މަރުވެއްޖެ

93 މީހުން މެރިކަމަށް އިއުތިރާފުވެފައިވާ ޔޫ.އެސް. މީހަކު މަރުވެއްޖެއެވެ. ކެލިފޯނިއާ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް އިއްޔެގެ ވަޤުތެއްގައި މަރުވެފައިވަނީ ސޭމިޔުލް ލިޓްލް ނަމަކަށް ކިޔާ މީހެކެވެ. ލ...

31 Dec 2020 | 08:06

93 މީހުން މެރިކަމަށް އިއުތިރާފުވެފައިވާ ޔޫ.އެސް. މީހަކު މަރުވެއްޖެއެވެ.

ކެލިފޯނިއާ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް އިއްޔެގެ ވަޤުތެއްގައި މަރުވެފައިވަނީ ސޭމިޔުލް ލިޓްލް ނަމަކަށް ކިޔާ މީހެކެވެ.

ލިޓްލް މަރުވިއިރު އޭނާގެ އުމުރަކީ 80 އަހަރުކަމުގައި ކަރެކްޝަން ޑިޕާރޓްމެންތުން ބުނެފައިވެއެވެ.

ލިޓްލް ޖަލަށްލާފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައި މީހަކު މަރާލިކަމަށް އިއުތިރާފުވުމާ ގުޅިގެންގެންނެވެ. ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ބުނެފައިވާގޮތުގައި ލިޓްލް ވަނީ އަދިވެސް އިތުރު 93 މީހުން މަރާލިކަމަށް އިންޓަވިއުއެއްގައި ބުނެފައިކަމަށެވެ. އަދި އޭނާގެ ޝިކާރައަކަށް އެންމެ ބޮޑަށް ވެފައިވަނީ ކަޅު ނަސްލުގެ އަންހެނުންނާއި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހުންގެ އިތުރުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނެވެ.

މަރާލާފައިވާ ބައެއް މީހުން އޯވަ ޑޯޒްކޮށްގެން މަރާފައިވައިރު އަނެއްބައި މީހުންގެ މަރާލީ ކޮން ގޮތަކަށްވެސް ނޭންގޭ ފަދައިން އެމީހުންގެ ހަށިތަށްވެސް ނުފެންނަ ކަމުގައިވެސް މައުލުމާތުދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް