މި ސަރުކާރުން އަހަރު ނިންމާލަނީ ހުސް ވާހަކަ ދައްކައިގެން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ. ޑރ. ޖަމީލްގެ ޓުވީޓުގައި ސަރުކާރަށް ނުވާ ކަންކަމުގެ ގޮތުގައި ގިނަ ކަންތައްތަކެއްފާހަގަ ކުރައްވާފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ އަހަރު ނިމޭއިރު ސަރުކާރު ހުސް ވާހަކައިގަ ތިއްބަ އެންމެ ހާލުގައި ޖެހިއްޖެ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ވީ ވައުދު ފުއްދަން ދެކޮޅު ހަދަމުންދާ ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ މިސަރުކާރަށް އަހަރު ނިމުނު އިރު ހުޅުމާލޭގައި އެންމެ ގާކޮޅެއްވެސް އަލަށް ބޭއްވިފައި ނުވާ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތައް ކޮރަޕްޝަނުން ފުރިފައިވާ ކަމަށެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގައި ފަސް އަހަރު ވެރިކަން ކުރެއްވި ވެރިއަކު ޖަލުގައި ހުންނެވި ނަމަވެސް ބޮޑު ދެ މުޖުރިމަކު ހުރީ ގޭގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެސެޓް ރިކަވަރީގެ ނަމުގައި ހެދި ކޮމިޝަނަށް އަދިވެސް އެއްވެސް އެސެޓެއް ރިކަވާ ކުރެވިފައި ނުވާއިރު މި ސަރުކާރުން އިންސާފު ހޯދައިދޭނެ ކަމަށް ބުނި އެއްވެސް މަރަކަށް އިންސާފު ހޯދައި ދެވިފައި ނުވާ ކަމަށެވެ.
https://twitter.com/MJameelAhmed/status/1344511278803419142
ޑރ. ޖަމީލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެވި އެއް ބޭފުޅެކެވެ. އެކަމަކު ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވިތާ ގިނަ ދުވަސް ނުވަނީސް އެމަނިކުފާނު ހުންނެވި ޖުމްހޫރީ ޕާޓީން ވަކިވެ ޑރ. ޖަމީލް ވަނީ އިދިކޮޅު ޕީޕީއެމް އާއި ގުޅިވަޑައިގެންފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް