ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ގްރީން ލައިފް ސޯލާ ޕޮޑް" ތައާރަފުކޮށްފި

އަވިން ހަކަތަ އުފައްދުމަށް ރާއްޖޭގެ މާހައުލާ ގުޅޭ "ސްޓެލްކޯ ގްރީން ލައިފް ސޯލާ ޕޮޑް" ތައާރަފުކޮށްފި އެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުން އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ ޗެއާމަން މުހައްމަދު...

31 Dec 2020 | 06:47

އަވިން ހަކަތަ އުފައްދުމަށް ރާއްޖޭގެ މާހައުލާ ގުޅޭ "ސްޓެލްކޯ ގްރީން ލައިފް ސޯލާ ޕޮޑް" ތައާރަފުކޮށްފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުން އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދެވެ.

މިއީ މޫދުގައި ބާއްވާ ސޯލާ ޕޮޑެކެވެ. ސްޓެލްކޯއިން ބުނީ މިއީ ބޭރު ގައުމުތަކުގެ ކޯރުތަކުގައި ބޭނުންކުރާ ފްލޯޓިން ސޯލާ ސިސްޓަމްތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމްތަކެއް ކަމަށާއި ކޯރުތަކުގައި ބޭނުންކުރާ ސިސްޓަމްތަކަކީ ރާއްޖޭގެ ކަނޑުތަކަށް އެކަށީގެންވާ ސިސްޓަމްތަކަކަށް ނުވާތީ ރާއްޖޭގެ މާހައުލާ އެއްގޮތަށް އެއަށް ބަދަލުތައް ގެނެސްފައިވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ސޯލާ ޕޮޑްގައި 330 ވޮޓްގެ އަށް ސޯލާ ޕެނަލް ހަރުކުރެވިފައިވެ އެވެ. އޭގެން ގާތްގަނޑަކަށް މަހަކަށް 360 ޔުނިޓް އުފައްދައިދޭނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން އުފެއްދި ސޯލާ ޕެޑްގައި ހަރުކޮށްފައިވާ ޕެނަލްތަކުގެ އެފިޝެންސީ ފުރާޅެއްގައި ހަރުކުރާ ޕެނަލްތަކަށްވުރެ ރަނގަޅުކަން ފާހަގަ ކުރެވޭ ކަމަށެވެ. މި ޕޮޑް ސީދާ ރަށްރަށުގެ ކަރަންޓު ގްރިޑާއި ގުޅާލުމުގެ އިތުރުން، ގްރިޑް ނުހުންނަ ރަށްރަށުގައި، ވަކިން ބެޓަރީ ސިސްޓަމަކާއި ގުޅާލައި ފުރިހަމައަށް ބޭނުން ކުރެވޭނެ ކަމަށް ބުނެ އެވެ.

ސްޓެލްކޯގެ އަމާޒަކީ ކުރިޔަށް އޮތްތާ މި ސޯލާ ޕޮޑްގެ އިތުރު ސައިޒުތައް ނެރުމެވެ. ރާއްޖޭގެ މާހައުލާ އެއްގޮތަށް ފްލޯޓިން ސޯލާ ސިސްޓަމް ޑިޒައިންކުރީ ސްޓެލްކޯގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޔުނިޓުންނެވެ.

ފްލޯޓިން ސޯލާ ޕެނަލް ގަންނަ ކަސްޓަމަރުންނަށް އެތަކެތި ބެހެއްޓުމާއި ކަރަންޓު ވިއުގައާ ގުޅާލުމަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ދޭނެ އެވެ.

މިއަދުން ފެށިގެން ސްޓެލްކޯގެ މި އުފެއްދުން ވިއްކަން ވަނީ ފަށާފައި އެވެ. އަދި މި ސިސްޓަމަށް އެ ކުންފުނިން 25 އަހަރުގެ ވޮރެންޓީ ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް