ޅައިމަގު ބަނދަރު ހެދުމުގެ މަޝްރޫއުގެ 12 ޕަސެންޓު މަސައްކަތް ނިންމައިފި

ށ. ޅައިމަގު ބަނދަރު ހެދުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދާ ކަމަށް މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 12 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. މ...

31 Dec 2020 | 04:51

ށ. ޅައިމަގު ބަނދަރު ހެދުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދާ ކަމަށް މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 12 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިޔަށްދަނީ ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫޢުގެ ދަށުން ޅައިމަގު ބަނދަރުގެ 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރާނެ އެވެ. އަދި 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 56.3 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ މިމަހހުގެ ހަތް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް