ރައީސް މުޢިއްޒު މި އަހަރުގެ އޯގަސްޓް މަހުގެ 26 ގައި ކުޅުދުއްުފުށި ސިޓީގައި -
ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި
ބެލެހެއްޓުމާ ބެހޭ ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ސާޢިޢުކޮށް އެ ގަވާއިދަށް ޢަމަލުކުރަން
ފަށައިފިއެވެ.
ކަށިމިޔަރު މަސްވެރިކަމަށް އަލުން ހުޅުވާލުމަކީ
ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ އޯގަސްޓް މަހުގެ 26ގައި ކުޅުދުއްފުށި ސިޓީގެ
ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވަޢުދެފުޅެކެވެ.
ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން
ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމާ
ގުޅުންހުރި ޤަވާއިދުތައް މުރާޖާ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާކަމަށާއި،
އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށިމިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން
ނިންމަވާފައިވާކަމަށެވެ. އެހެންކަމުން، ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް
އެމަނިކުފާނު ގޮވާލެއްވިއެވެ.
އެ ގަވާއިދު މިއަދު ގެޒެޓުކޮށް ގަވާއިދަށް ޢަމަލުކުރަން
ފަށާފައިވާއިރު ދުވަހުން މި ބަލައިލަނީ އެ ގަވާއިދުގެ އުސްއަލިތަކަށެވެ.
ލަފާދޭ ކޮމިޓީއެއް އެކުލަވައިލުން
ކަށިމިޔަރު މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭނަށް
ލަފާދޭ ކޮމިޓީއެއް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ ހަ މަސްތެރޭގައި
އެކުލަވައިލަން މަސްވެރިކަމާބެހޭ ވުޒާރާއަށް މި ގަވާއިދު ލާޒިމު ކުރެއެވެ.
އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި
ހިމެނެނީ ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރާނެ ގޮތުގެ
ތަފުސީލު އަހަރަކު އެއް ފަހަރު މިނިސްޓަރަށް ދިނުން ހިމެނެއެވެ.
ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ލައިސަންސްތައް
ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ކަށިމިޔަރު
ޕްރޮސެސް ކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ތަންތަނާއި ކަށިމިޔަރު
ސަޕްލައި ކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް މިނިސްޓްރީން ދޫކުރާ ލައިސަންސެއް
ނަގަންޖެހޭ ކަމަށާއި ލައިސަންސް ދޫކުރެވޭނީ އެންމެ ގިނަވެގެން ޖުމުލަ 40 އުޅަނދަށް
ކަމާއި ލައިސަންސް ދޭނީ ހުށަހަޅާ ތަރުތީބުންކަން ގަވާއިދުގައި
ފާހަގަކޮށްފައިވެއެވެ. އަދި ލައިސަންސްގެ މުއްދަތަކީ އެއް އަހަރު ދުވަސް
ކަމަށްވެސް ގަވާއިދުގައި ފާހަގަކޮށްފައިވެއެވެ.
ލައިސަންސްގެ ބާވަތާއި މުއްދަތާއި ފީ
ތިން ބާވަތެއްގެ ލައިސަންސް ހިމެނެއެވެ. އެއީ:
01. މަސްވެރިކަން ކުރާ އުޅަނދަށް ދޫކުރާ ލައިސަންސް
މި ލައިސަންސްގެ މުއްދަތަކީ 12 މަސް ދުވަސް، ފީ
އަކީ 2،000 ރުފިޔާ
02. ޕްރޮސެސް ކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް
މި ލައިސަންސްގެ މުއްދަތަކީ 12 މަސް ދުވަސް، ފީ އަކީ 5،000 ރުފިޔާ
03. ސަޕްލައި ކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް
މި ލައިސަންސްގެ މުއްދަތަކީ 12 މަސް ދުވަސް، ފީއަކީ
3،000 ރުފިޔާ
އެ ގަވާއިދުގައި ބުނެފައިވާގޮތުގައި ކަށިމިޔަރުގެ
މަސްވެރިކަމުގެ ހަރަކާތްތައް ހިންގޭނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގައި ކަށިމިޔަރުގެ
މަސްވެރިކަމުގައި ބާނާ މަހުގެ އެއްވެސް ބައެއް،ގަވާއިދުގައި ބަޔާންކުރާ
ބަނދަރުތަކުންކުރެ ބަނދަރަކަށް ގެނައުމުގެ ކުރިން، އޭގެ ހަށިގަނޑުން ވަކި ކުރުމަކީ
މަނާކަމެއް ކަމާއި އަދި ބަނދަރަށް ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް
ހަރަކާތެއް ހިންގުމަކީ މަނާކަމެއްކަން ފާހަގަކޮށްފައިވެއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ބަނދަރުތަކަކީ
01. ހދ. ކުޅުދުއްފުށީ ބަނދަރު
02. ށ. ފުނަދޫ ބަނދަރު
03. ރ. މަޑުއްވަރީ ބަނދަރު
04. އއ. ހިމަންދޫ ބަނދަރު
ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ
މިޔަރަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެއްކަންވެސް ގަވާއިދުގައި
ފާހަގަކޮށްފައިވެއެވެ.
ޖޫރިމަނާތަކަށް ބަލައިލާއިރު
* ލައިސަންސް ލިބިފައިވާ ފަރާތްތަކުން މަނާކޮށްފައިވާ
އެއްވެސް ބާވަތެއްގެ މަސްވެރިކަން ކޮށްފިނަމަ ހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާއެއް
* މަނާތަނެއްގައި ކަށިމިޔަރުގެ މަސްއްވރިކަން
ކޮށްފިނަމަ އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަދި ތަކުރާރުވާނަމަ ކޮންމެ
ފަހަރަކު ބައި ލައްކަ އިތުރުކޮށް ޖޫރިމަނާކުރުން، ގިނަވެގެން ހަތަރު ލައްކައާއި
ހަމައަށް
* އެހެން ބާވަތެއްގެ މިޔަރަށް އަމާޒުކޮށްފިނަމަ އެއް
ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ތަކުރާރުވާ ކޮންމެ ފަހަރަކު ބައި ލައްކަ
އިތުރުކޮށް ހަތަރު ލައްކައާއި ހަމައަށް ގެންދިއުން
* ލައިސަންސް ނެތި ކުރާނަމަ ހަތަރު ލައްކަ ރުފިޔާއިން
ޖޫރިމަނާކުރުން
* ބިދޭސީން ގެންގުޅޭނަމަ ކޮންމެ ބިދޭސީއަކަށް 10 ހާސް
ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ
* ލައިސަންސް ނެތި ކަށިމިޔަރު ޕްރޮސެސް ކުރާނަމަހަތަރު
ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ
* އެހެން ބަނދަރަކަށް މަސްކިރާނަމަ ހަތަރު ލައްކަ ރުފިޔާއިން
ޖޫރިމަނާ ކުރާނެ
ގަވާއިދު އިތުރަށް ކިޔައިލަން ގެޒެޓުގެ ލިންކް: https://gazette.gov.mv/gazette/7371
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް