ޕްރިމިއާ ލީގް: ބާންލީ އަތުން ޗެލްސީ އަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއަރ ލީގުގައި ތާވަލުގެ ފުލުގައި އޮތް ބާންލީ އަތުން ފަސޭހަ ކަމާއި އެކު ޗެލްސީ މޮޅުވެއްޖެއެވެ. ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގ...

31 Oct 2020 | 18:46

އިނގިރޭސި ޕްރިމިއަރ ލީގުގައި ތާވަލުގެ ފުލުގައި އޮތް ބާންލީ އަތުން ފަސޭހަ ކަމާއި އެކު ޗެލްސީ މޮޅުވެއްޖެއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ޗެލްސީންނެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ހަކީމް ޒިޔެޗް އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޓެމީ އަބްރަހަމް ތަނަވަސްކޮށްދިން ބޯޅައަކުން ކީޕަރުގެ ދެފައި ދޭތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮޮނުވާލައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ލަނޑާއި އެކު ޗެލްސީ ކުރީގައި އޮވެގެންނެވެ.

ފަހު ހާފަށް ކުޅެން ނިކުމެވެސް ޗެލްސީން ރަނގަޅަށް ކުޅެމުން ގެން ދިޔައިރު، ޗެލްސީގެ ދެވަނަ ލަނޑު މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޒައުމާ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އޭރިއާ ތެރެއަށް ލިބުނު ބޯޅައެއް ބޮލުން ޖަހައެވެ. މި ގޯލު ޖެހިތާ ހަތް މިނެޓުފަހުން ޗެލްސީގެ ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޒިޔެޗް ދިން ބޯޅައަކުން ކާމިޔާބުކުރީ ޓިމޯ ވާނާ އެވެ.

މި މޮޅާއި އެކު ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 12 ޕޮއިންޓާއެކުގައެވެ. ލީގުގެ ފުލުގައި ބާންލީ އޮތީ ކުޅުނު ހަ މެޗުން 1 ޕޮއިންޓާއެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް