މިއަދު ކޯވިޑަށް ޕޮސިޓިވްވީ އެންމެ 16 މީހުން

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ އެންމެ 16 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 13 މީހުންނާއި އަތޮޅު ތެރެއިން ތިން މީހުންނެވެ. އޭގ...

31 Oct 2020 | 17:20

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ އެންމެ 16 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 13 މީހުންނާއި އަތޮޅު ތެރެއިން ތިން މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ތިން ބިދޭސީންނެވެ.

މިއަދު ކޯވިޑް-19އަށް ޓެސްޓު ކޮށްފައިވަނީ 1،204 ސާމްޕަލެވެ.

ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 800 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 55 މީހުންނަށެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 251 މީހުން އެބަތިއްބެވެ.

މީގެ އިތުރުން ބަލި ޖެހުނު މީހުންގެ ތެރެއިން 10،814 މީހުން ވަނީ ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވެފައިވަނީ 11،659 މީހުންނެވެ. އޭގެ ތެރެއިން 38 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް