ކޮވިޑުގައި ދ. އަތޮޅުން މީހަކު މަރުވެއްޖެ

ކޮވިޑް19 ގައި ދ. އަތޮޅުން މީހަކު މަރުވެއްޖެއެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވަނީ އެމީހާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ރޭ 7:30 ހާއިރު ކަމަށެވެ. އެމީހާ މަރުވީ ރޭ 9:30 ހާއިރު އ...

31 Oct 2020 | 15:42

ކޮވިޑް19 ގައި ދ. އަތޮޅުން މީހަކު މަރުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވަނީ އެމީހާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ރޭ 7:30 ހާއިރު ކަމަށެވެ.

އެމީހާ މަރުވީ ރޭ 9:30 ހާއިރު އެވެ.

އެޗްއީއޯސީން ބުނީ މަރުވީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ ރާއްޖޭގައި ކޯވިޑުގައި މަރުވި 38 ވަނަ މީހާއެވެ.

އެމީހާ އެ ހޮސްޕިޓަލަށް ގެންދިޔައީ ކަނޑިންމަ ރިސޯޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް