ރާއްޖޭގައި ބާއްވާ ފުރަތަމަ އޮންލައިން ފޮތް މައުރަޒު އަންނަ ޑިސެމްބަރުގައި

ރާއްޖޭގައި ބާއްވާ ފުރަތަމަ އޮންލައިން ފޮތް މައުރަޒު އަންނަ ޑިސެމްބަރު މަހު ބާއްވަން ހަމަޖައްސައިފި އެވެ. އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބާއްވާ މި ފޮތް މައުރަޒު ބޭއްވުމަށް ހަމަ...

31 Oct 2020 | 14:11

ރާއްޖޭގައި ބާއްވާ ފުރަތަމަ އޮންލައިން ފޮތް މައުރަޒު އަންނަ ޑިސެމްބަރު މަހު ބާއްވަން ހަމަޖައްސައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބާއްވާ މި ފޮތް މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1-6 އަށެވެ. އެ ޔުނިވާސިޓީން ބުނީ އޮންލައިންކޮށް ފޮތް މައުރަޒު ބާއްވާ ނިންމީ ކޯވިޑް-19 އާއި ގުޅިގެން ކަމަށެވެ.

މިމަޢުރަޒުގައި ފޮތް ބައިވެރި ކުރުވުމުގެ ފުރުސަތު ފޮތް ޝާއިޢުކުރާ ފަރާތްތަކަށާއި، ބުކްޝޮޕްތަކަށާއި، ލިޔުންތެރިންނަށާއި އަދި ފޮތް ވިއްކާ ހުރިހާ ފަރާތްތަކަށް އޮންނާނެ އެވެ. އަދި މި މައުރަޒުގައި ފޮތް ބައިވެރި ކުރުމުގެ ފުރުސަތު ނޮވެމްބަރު 20 ގެ ނިޔަލަށް މި ފަރާތްތަކަށް ހުޅުވާލާފައި ވެއެވެ.

އައިޔޫއެމްއިން ބުނީ އޮންލައިންކޮށް މައުރަޒު ބޭއްވުމުން ފޮތް ވިއްކާ ފަރާތްތަކަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި އިޝްތިހާރުކޮށް ގިނަ ބަޔަކަށް އޮންލައިންކޮށް ފޮތްތައް ފެނުމުގެ މަގު ފަހިވާނެ އެވެ. އަދި ހޯލްސޭލްކޮށް ފޮތް ވިއްކުމަށް މަގުފަހިވެ، އޮންލައިން ފޮތް މައުރަޒު މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރިނަމަވެސް ފަސޭހަކަމާއެކު ފޮތް ވިއްކުމުގެ މަގުފަހިވާނެ ކަމަށެވެ.

މިި މަޢުރަޒުގެ ބޭއްވުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ޢިލްމު ފެތުރުމާއ،ި މައުލޫމާތު މުއްސަނދި ކުރުމަށް އެހީތެރިވުމުގެ ގޮތުން އެކިބާވަތުގެ ފޮތާއި މަޖައްލާ އަދި އޯޑިއޯ އަދި ވީޑިއޯ ފަދަ ތަކެތި ހެޔޮ އަގުގައި އެއް ޕްލެޓްފޯމަކުން އާންމުންނަށް ލިބޭނެ ގޮތް މަގު ފަހި ކުރުވުމެވެ. އަދި ކިޔުންތެރިކަމަށް ޝައުގުވެރިކަން އިތުރުކުރުމަށާއި، ދިރާސާކުރާ ފަރާތްތަކަށް ތަފާތު ބާވަތުގެ ފޮތާއި މަޖައްލާ ފަދަ ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމަކީ އޮންލައިންކޮށް މި މައުރުޒަރު ބޭއްވުމުގެ މަގުސަދު ކަމަށް އައިޔޫއެމްއިން ބުނެ އެވެ.

މި މައުރަޒު ކުރިޔަށް ދާއިރު ބައެއް ހަރަކާތްތައް އޮންލައިންކޮށް ބައެއް ހަރަކާތްތައް ކުރިޔަށް ގެންދަންވެސް ނިންމާފައިވެ އެވެ. އޭގެ ތެރޭގައި

  1. ފޮތަކާ ބެހޭގޮތުން ވާހަކަ ދެއްކުން ނުވަތަ ބުކްޓޯކް
  2. ވާހަަކަ ކިޔައިދިނުން
  3. ފޮތް ކިޔުމުގެ މުހިއްމު ކަމާއި ބެހޭގޮތުން ޕެނަލް ޑިސްކަޝަން
  4. ތަޢާރުފް ނުވަތަ ސަމަރީ ލިޔުމުގެ މުބާރާތް
  5. ބުކް ރިވިއު ލިޔުމުގެ މުބާރާތް

އައިޔޫއެމްގެ ފޮތް މައުރަޒު ބާއްވަން ފެށީ 2018 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް