ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް "ބަޑި ބުރާސްފަތި" ނަމުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8:00 ގައި ކާނިވާ ސަރަހައްދުގައި ކަމަށް ޕީޕީއެމްއިން ބުނެ އެވެ.
ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ޖަލްސާއެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވީ އެ ކޯލިޝަނުން އެންމެ ފުރަތަމަ އިސްކަންދޭނީ ގައުމަށް ކަމަށެވެ. އެގޮތުން
މި ޖަލްސާ އަކީ "19 ދިވެހިން ޝަހީދު ކޮށްލާ، އެތައް ބައެއްގެ ލޭ އޮހޮރުވާލި ބާޣީންނާއި ދެކޮޅަށް" ބާއްވާ ޖަލްސާއެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލްސާ ބޭއްވުމަށް ހޯދަންޖެހޭ ހުއްދަތަކަށް އެދިފައިވާ ކަމަށެވެ.
https://twitter.com/ProgressPartyMV/status/1322463965633421312
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް