އެމްއެންޑީފްގެ ސީނިއާ އޮފިސަރުންގެ "ރޭންޖު ޑޭ 2020" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްލަވާލައްވައިފި އެވެ.
ރޭންޖު ޑޭ2020 އަކީ ސިފައިން ޓާގެޓަށް ބަޑި ޖެހުމުގެ ސިލްސިލާ ތަމްރީނަކަށް ކިޔާ ނަމެކެވެ. އެ ތަމްރީނު މިއަދު ކުރިއަށް ގެންގޮސްފައިވަނީ ގިރިފުށީގަ އެވެ. ރައީސް ގިރިފުށްޓަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމް ޢަބްދުލް ލަތީފެވެ. ރައީސް ސޯލިހުގެ އަރިހުގައި ޑިފެންސް ،މިނިސްޓަރު އަހުމަދު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ގިރިފުށީ ޓްރޭނިން ސެންޓަރަށް ވަޑައިގެންނެވި އިރު އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގިރިފުށި ސިފައިން ސެންޓަރުގައި ތަމްރީނު ހަދަމުން ދިޔަ ސިފައިންގެ ތެރެއިން ބަޔަކު ކޮވިޑު-19 އަށް ޕޮޒިޓުވުމާ ގުޅިގެން އެރަށައް ވަނީ އަރައި ފައިބާ ހެދުން މީގެ ކުރިން މަނާކޮށްފަ އެވެ. ގިރިފުށީ ޓްރޭނިން ސެންޓަރު އަލުން ހުޅުވީ ގިރިފުށީގެ ބަޑިޖަހާ ރޭންޖްގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށްފަހު އެވެ. އަދި، އެ މަރުކަޒުގައި އިތުރަށް ފުރިހަމަކޮށްފައިވާ ކަންކަމުގެ ތަފްސިލު އެމްއެންޑީއެފުން ވަނީ ޕްރެޒެންޓޭޝަނަކާއެކު ރައީސާ ހިއްސާކޮށްފަ އެވެ.
މިއަދު ރައީސް ސޯލިހުއަށް ސިފައިން ބޭނުންކުރާ ހަތިޔާރު ވެސް ވަނީ ދައްކާފަ އެވެ. އަދި އެ ހަތިޔާރުތަކާ ގުޅޭ މައުލޫމާތު ވެސް ސިފައިން ވަނީ ރައީސަށް އަރުވާފަ އެވެ. މީގެ އިތުރުން ރައީސް ވަނީ ފަޔާ ޓާގެޓުތަށް ބައްލަވާލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް