ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އެމިރޭޓްސް އެއާލައިނުން

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އެމިރޭޓްސް އެއާލައިނުން ކަމަށް ޓޫރިޒަމް މިނިސްޓްރީންއިން ބުނެފި އެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުގައި ވާގޮތުން ޖުލައި 15 ގައި ...

31 Oct 2020 | 09:50

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އެމިރޭޓްސް އެއާލައިނުން ކަމަށް ޓޫރިޒަމް މިނިސްޓްރީންއިން ބުނެފި އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުގައި ވާގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވުމާއެކު 16 ވަނަ ދުވަހު ރާއްޖެ އަށް ދަތުރު ފެށި އެމިރޭޓްސް އިން މިހާތަނަށް 14,987 މީހުން ރާއްޖެ ގެނެސްދީފަ އެވެ. އެމިރޭޓްސް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 178 ފްލައިޓް އަޅާފައިވެ އެވެ. އެ އެއާލައިނުން ވަނީ ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް ފްލައިޓް އިތުރު ކުރަން ވެސް މިހާރު ނިންމާފަ އެވެ.

ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ގަތަރު އެއާވޭސް އިންްނެވެ. އެ އެއާލައިނުން ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަށް 206 ފްލައިޓް އަޅައި، 14,690 މީހުން ގެނެސްދީފައިވެ އެވެ.

ތިން ވަނައިގައި އޮތީ ޔޫރޯފްލޯޓް އެވެ. އެ އެއާލައިނުން 28 ފްލައިޓް އަޅައި 4,639 މީހުން ގެނެސްދީފައިވެ އެވެ. މިއީ ރަޝިއާގެ އެއާ ލައިނެކެވެ.

ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން އެއް ގައުމަކުން ފްލައިޓް އަޅާ ގައުމަކީ އަވަށްޓެރި އިންޑިއާ އެވެ. އެ ގައުމުގެ އެއާ އިންޑިއާ އާއި އިންޑިގޯ އަދި ސްޕައިސް ޖެޓުން ދަނީ ރާއްޖެ އަށް މީހުން އުފުލަމުންނެވެ. ނަމަވެސް އެ ގައުމުން މިހާތަނަށް އައިސްފައިވަނީ 1,559 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް