މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓާކޮށްގެން އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
އިންޑިއާގެ ސްޕައިސްޖެޓްއިން އޮޕަރޭޓުކުރާ ސީޕްލޭންގެ ހިދުމަތަކީ އިންޑިއާ ސަރުކާރުން ކުރިޔަށް ގެންދާ "އުޑަން" މަޝްރޫއުގެ ދަށުން ފެށި ހިދުމަތެކެވެ. އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށަން ނިންމީ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގިނަ ބަޔަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.
ރަސްމީކޮށް އިންޑިއާގައި ސީޕްލޭންގެ ދަތުރުތައް ފެށީ ގުޖުރާތު ސްޓޭޓްގެ ކެވާޑިއާއި އިންނެވެ. ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ކެވާޑިއާއިން އެ ސްޓޭޓްގެ އަހްމަދްއާބާދަށެވެ.
ރަސްމީކޮށް މި ހިދުމަތް ވައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
މި ހިދުމަތް އިންޑިއާގައި ފެށުމަށް ޗާޓާ ކުރި މޯލްޑީވިއަންގެ ސީޕްލޭންގައި އެ ކުންފުނީގެ ހަ މުވައްޒަފަކު ދިޔަ އެވެ. މި ޓީމުން ސްޕައިސްޖެޓްގެ މުވައްޒަފުންނަ ސީޕްލޭން އޮޕަރޭޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ރާޢްޖޭގައި ހުންނަ އިންޑީއާ ހައި ކޮމިޝަނުން ބުނީ މިއަދަކީ ދެ ގައުމުގެ ގުޅުމުގައު ތާރީހީ ދުވަހެއް ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ވައިގެ ދަތުރުފަތުރު ކުރިއެރުމަށް ދެވުނު އެހީތެރިކަމެއް ކަމަށެވެ.
https://twitter.com/HCIMaldives/status/1322444603220353025
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް