"ހީރޯޕަންދީ 2" ގައި ޓައިގާ ޝްރޮފް އައި އެކު ފެނިގެންދާނީ ތާރާ ސުތާރިއާކަން ހާމަކޮށްފި އެވެ.
ކުރިން މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި އެ ފިލްމުގައި ޓައިގާ އާއި އެކު ފެނިގެންދާނީ ކްރިތީ ސަނޯން އެވެ. އެކަމަކު މިހާރު ވަނީ އެ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ތާރާކަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ކަށަވަރުކޮށްދީފައި އެވެ.
ޓައިގާ ތާރާ އާއި އެކު މީގެ ކުރިން ފެނިގެން ގޮސްފައިވަނީ "ސްޓޭޑެންޓް އޮފް ދި އިއާ 2" އިންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި "ހީރޯޕަންތީ 2" ގެ ޝޫޓިން އަންނަ ޑިސެމްބަރު މަހު ފަށާނެ އެވެ. މި ފިލްމުގެ މަންޒަރުތައް 10 ގައުމެއްގައި ނެގުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި އިޓަލީ، އިނގިރޭސިވިލާތް، އެމެރިކާ އަދި ރަޝިއާ އާއި ޖަޕާން ހިމެނެ އެވެ.
"ހީރޯޕަންތީ" ގެ ހުރިހާ މަންޒަރެއްވެސް ކުޅެފައިވަނީ އިންޑިއާގައި އެވެ. އެހެންވެ "ހީރޯޕަންތީ 2" ގެ ބޮޑުބައި އިންޑިއާއިން ބޭރުގައި ނަގައި، ޓައިގާގެ ރޯލު ދެވަނަ ބައިގަ ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮޑަކްޝަން ޓީމާއި ހަވާލާދީ މީޑިއާގައި ބުނެފައިވެ އެވެ.
"ހީރޯޕަންތީ 2" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި 16 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް