“ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020” މިރޭ ފަށަނީ

ލ. ފޮނަދޫ ކުރިގަމު އަވަށު ޒުވާނުންގެ ޓީމަކުން އިސްނަގައިގެން ގަންފޮނަދޫ ސަރަހައްދަށް ހުޅުވާލައިގެން ބާއްވާ ” “ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020” މިރޭ ފަށާނެއެވެ. ކުލަގަދަ ރަސްމިޔާތަކާއި...

31 Oct 2020 | 03:58

ލ. ފޮނަދޫ ކުރިގަމު އަވަށު ޒުވާނުންގެ ޓީމަކުން އިސްނަގައިގެން ގަންފޮނަދޫ ސަރަހައްދަށް ހުޅުވާލައިގެން ބާއްވާ ” “ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020” މިރޭ ފަށާނެއެވެ.

ކުލަގަދަ ރަސްމިޔާތަކާއި އެކު މި މުބާރާތް މިރޭ ފެށިގެން ދާއިރު، މި މުބާރާތަކީ ހަތަރު ގުރޫޕަކަށް ބަހާލައިގެން ޖުމްލަ 16 އާއި އެކު ކުރިޔަށް ގެންދާ މުބާރާތެކެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ޓީމް ތަކަކީ ކޮރޯ އެފްސީ، ފެހިވެށި، ލާމު ބްލޫސް، ޑީބީ ސްޕޯޓްސް ކުލަބެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އެފްޔޫއާރް އެފްސީ، ޖީ ސްޓާރ، ޑިޓްރޮއިޓްސް އެސްސީ، ޖީއެޗް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ސީގައި ހިމެެނެނީ އެމްވީ އެކްސްޕްރެސް، އެމްވައި، ގޯޅި ޖޫނިއަރސް، ކަންމަތި އެފްސީވެ. ގްރޫޕް ޑީގައި ހިމެނެނީ ކަންމަތި ސްޕޯޓްސް ކުލަބް، ގޯޅި ސްޕޯޓްސް ކުލަބް، ޑީކޭއެންޒެޑް އަދި އައުޓްރީފް ސްޕޯޓްސް ކުލަބްއެވެ.

މިރޭން ފެށިގެން އަންނަ ނޮވެމްބަރ މަހުގެ 14 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ ޒުވާނުންގެ މެދުގައި ކުޅިވަރަށް ލޯބިޖެއްސުމާއި އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ބާއްވާ މުބާރާތެއް ކަމަށް މުބާރާތް އިންތިޒާމު ކުރާ ޒުވާނުންގެ ޓީމުން ބުނެއެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 19:30 ގައި ފޮނަދޫ މެދުއަވަށު ރަސްމީ ޓާފް ފުޓްސަލް ދަނޑުގައި އޮންނައިރު، މުބާރާތުގެ މެޗުތަށް ކުރިއަށް ދާނީ 20:00 އިން 23:00 އާއި ދެމެދުއެވެ. އެގޮތުން މިރޭ މި މުބާރާތުގެ 3 މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިރޭގެ މުބާރާތް ފެށިގެން ދާނީ ގްރޫޕް އޭގައި ހިމެނޭ ފެހިވެށި އަދި ކޮރޯ އެފްސީ ބައްދަލުކުރާމެޗުންނެވެ.

މިރޭ ކުޅެން ހަމަޖެހިފައިވާ އިތުރު މެޗުތަށް:

20:00 – ފެހިވެށި އަދި ކޮރޯ އެފްސީ ( ގްރޫޕް އޭ )

21:00 –  ލާމު ބްލޫސް އަސި ޑީބީ ސްޕޯޓްސް ކުލަބް ( ގްރޫޕް އޭ )

22:00 – އެފްޔޫއާރް އެފްސީ އަދި ޖީ ސްޓާރ ( ގްރޫޕް ބީ )

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭނެ ފައިސާގެ އަދަދެއް އެފަރާތުން އަދި ހާމަ ކޮށްފައި ނުވާއިރު، މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތް ކުރިޔައް ދާއިރު، މުބާރާތުގެ މެޗުތައް ލައިވް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ މެޗެއްވެސް ވަކިވަކިން ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންމެ މެޗެއް ވެސް ސްޕޮންސަރ ކުރުމުން އެމެޗެއް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް