ފަރުވާއަށް ފަހު މެމްބަރު ޝިޔާމް ހޮސްޕިޓަލުން ދޫކޮށްލައިފި

ހާލު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދެވި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފަރުވާއަށް ފަހު ދޫކޮށްލައިފި އެވެ. ޝިޔާމް ހޮސްޕިޓަލުގައި އެޑްމި...

31 Oct 2020 | 03:51

ހާލު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދެވި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފަރުވާއަށް ފަހު ދޫކޮށްލައިފި އެވެ.

ޝިޔާމް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހު ޝިޔާމް ހުން އައިގެން ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންވަނިކޮށެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ޝިޔާމް ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލީ އިއްޔެ ކަމަށެވެ. އަދި މިހާރު އޭނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އެޕާޓީން ވަނީ ޝިޔާމްއަށް އަވަސް ޝިފާއަށް އެދި މެސެޖުކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ބޭއްވި ޖަލްސާ ހިންގި ހަމަނުޖެހުންތަކުގައިވެސް ޝިޔާމްއަށް އަނިޔާވެފައިވެ އެވެ.

އޭރު ޝިޔާމް ވިދާޅުވީ އެ ޖަލްސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް