ބާޜު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައި ސައުދީ އަރަބިއްޔާގެ މައްކާގެ ހަރަމްފުޅުގެ ފެންސުތައް ފަޅާލައި ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ސައުދީ ގަނޑިން 10:30 ހާއިރު އެވެ. މިއީ އެމީހާ ގަސްދުގައި ނުވަތަ ކާރު ދުއްވިލެއް ބާރުކަމުން ކޮންޓްރޯލުން ނައްޓަިއގެން ހިނގި ހާދިސާއެއް ކަމެއް އަދި ނޭނގެ އެވެ.
މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ސައުދީ ރައްޔިތެކެވެ. މި ހާދިސާގައި ޑްރައިވަރަށް އަދި އިތުރު މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.
ކާރު ވަދެގެން ދިޔަ މަގުގައި ހުރި ޕްލާސްޓިކް ފެންސްތައް ވަނީ ފަޅާލައިފަ އެވެ. ފެންސްތައް ފަހަނަޅައި ގޮސް ކާރު ޖެހުނީ ހަރަމްފުޅަން ވަންނަން ހުންނަ ބޮޑެތި ގޭޓްތަކުގެ ތެރެއިން ދެކުނަށް ހުންނަ ގޭޓް ނަންބަރު 89 ގަ އެވެ.
ކާރު ހަރަމްފުޅުތެރެއަށް ބާރު ސްޕީޑުގައި ވަދެގެންދާ ވީޑިއޯތައް ވަނީ އާންމުވެފައި އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ކާރު ގޮސް ގޭޓުގައި ޖެހި ކޮންޓްރޯލްވުމާއި އެކު ހަރަމްފުޅު ބަލަހައްޓާ މީހުން އެ ކާރު ކޮއްޕައި އެ ސަރަހައްދުން ވަގުތުން ނެރެ އެވެ.
https://twitter.com/HaramainInfo/status/1322287690788806664
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް