ދެމަފިރިން އެކަކު އަނެކަކުގެ އިޙުސާސްތައް ދެނެގަނެވޭ މިންވަރު ކުޑަ: ދިރާސާ

ދެމަފިރިންގެ ކައިވެނީގެ ގުޅުމަކީ އެންމެ ގާތް ގުޅުންކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެހެން ގުޅުންތަކާއި އަޅާ ބަލާއިރު، ދެމަފިރިންގެ ގުޅުން ޚާއްސަ ވަނީ ވެސް މިހެންވެއެވެ. އެގޮތުން ދެމަފިރިން އެކަކު އަ...

31 Oct 2020 | 02:43

ދެމަފިރިންގެ ކައިވެނީގެ ގުޅުމަކީ އެންމެ ގާތް ގުޅުންކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެހެން ގުޅުންތަކާއި އަޅާ ބަލާއިރު، ދެމަފިރިންގެ ގުޅުން ޚާއްސަ ވަނީ ވެސް މިހެންވެއެވެ. އެގޮތުން ދެމަފިރިން އެކަކު އަނެކަކުގެ ވާހަކަތައް ދެނެގަނެ، ދެމީހުން އެކަކު އަނެކަކުގެ އުޅުމާއި ގުޅުން ވަރަށް ރަނގަޅަށް ދެނެ ގަންނަ ކަން ހުރިހާ މީހުންވެސް ޤަބޫލުކުރެއެވެ.

ހަމަޔަޤީނުން ވެސް އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެ ވިސްނުން ވެސް ހުންނާނީ އެގޮތަށްކަން އެނގެ އެވެ. ނަމަވެސް ސައިންސްވެރިންގެ ހޯދުމަކުން އެކަން އެހެން ނުވާކަމަށް ވަރަށް ރަނގަޅަށް ދައްކައިދީފިއެވެ.

ސައިންސްވެރިންގެ މި ހޯދުންތަކުން ދައްކާ ގޮތުގައި ދެރަހުމަތްތެރިންނަށް އެކަކު އަނެކަކު އެނގޭއިރު ދެމަފިރިންނަކަށް އެކަކު އަނެކަކު ދެނެގަންނާކަށް ނޭންގެއެވެ.

ދެމަފިރިންގެ ގުޅުމަކީ އެންމެވަރުގަދަ، އެންމެ ނިކަމެތި ،އެންމެ ނާޒުކު، އެންމެ ހަމަޖެހުންލިއްބައިދޭ، އަދި ބައެއްފަހަރު އެންމެ ހިތްދަތިކަން ގެނެސްދޭ ވެސް ގުޅުމެވެ.

ވަރަށްގިނަ އަންހެނުން ބުނާވާހަކައެއް އޮވެއެވެ. އަހަރެންގެ ފިރިމީހާ އެއްގޮތަކަށްވެސް އަހަރެން ބުނާގޮތަކަށް ކަންތަކެއް ނުޖުރެއެވެ. ކިޔަމަނެއް ނުވެއެވެ. އަދި އެމަ އެގޮތަށް ގިނަފިރިހެނުން ބުނަމުންދަނީ އަނބިމީހާ އޭނާގެ ވާހަކަތަކަށް ސަމާލުކަން ނުދޭވާހަކައެވެ. ނަފުސާނީ ޢިލްމުވެރިންބުނާގޮތުގައި މިފަދަ ޝަކުވާތައް އެއުފެދެނީ އެދެމީހުން އެކަކު އަނެކަކު ރަނގަޅަށް ދަސްނުވާތީއެވެ. ނަމަވެސް ކޮންމެ އަންބަކު ވެސް އަދި ފިރިޔަކުވެސް ބުނަމުންދަނީ ހަޔާތުގެ ބައިވެރިޔާގެ ހުރިހާ ކަމެއް އެނގި ދަސްވެފައިވާ ވާހަކައެވެ. އެކަކު އަނެކަކު ވަރަށް ރަނގަޅަށް އެނގޭކަމަށެވެ.

ނަމަވެސް ނަފުސާނީ ޢިލްމުވެރިން ބަޔާން ކުރަނީ އެހެން އެބުނަނީ އެދެމީހުންގެ ދެމެދުގައިވާ އުފާވެރި ގުޅުމެއްގެ ސަބަބުންނެވެ. ދެމަފިރިންނަށްވުރެ ދެ ރަހުމަތްތެރިން އެކަކު އަނެކަކު މާރަނގަޅަށް ދެނިގަނެއެވެ. ދައްކާވާހަކަ ނޭނގިގެން އުޅެނީކާކުތޯ ސުވާލުއުފެދިއްޖެނަމަ ވިސްނަވީ ދެމީހުންކުރެ އެކަކުގެ ވާހަކަ އަނެކަކަށް ނޭނގިގެން އެއުޅެނީ ދެމަފިރިންނަށްކަން ޔަޤީންކުރާށެވެ.

އިނގިރޭސި މުޙާވަރާއެއްގައި ބުނެފައިވާ ގޮތުން ކައިވެންޏަކީ ދެމީހުންގެ ކުށްހީތަކަށް ކިޔާނަމެކެވެ.

ނަފުސާނީ ޢިލްމުވެރިން ވިދާޅުވަނީ މި މުޙާވަރާ ހަމައެކަނި ޖޯކަކަށް ހަދާ ނިންމާލެވޭކަށް ނެއްކަމަށެވެ. އެހެނީ ގިނަ ދެމަފިރިން ޤަބޫލުކުރާގޮތުގައި އޭނާގެ ޙަޔާތުގެ ބައިވެރިޔާއަށް އޭނަޔާބެހޭ ވަރަށް ގިނަ އެއްޗިހިއެނގެއެވެ. އެހެންވުމުން ވާހަކައެއްބުނާއިރު ކޮންމެހެން އެހާތަފުޞީލް ކުރާކަށް ނުޖެހޭނެއެވެ.

ކަމުގެ މާހިރުން ވިދާޅުވަނީ ދެމަރިންގެ މައްސަލަ އުފެދުމުގެ އަސްލަކީ މީކަމަށެވެ. އަހަރެމެން ރައްޓެހިންނަށް ނުވަތަ ބީރައްޓެހިންނަށްވެސް ކަމަކާމެދު އެއްޗެއް ބުނާނަމަ އެކަމެއް ވަރަށް ތަފުޞީލްކޮށް ކިޔައިދެއެވެ. މީގެ ބަދަލުގައި ވިސްނަނީ ހަޔާތުގެ ބައިވެރިޔާއަށް އެހާތަފުޞީލް ކުރާކަށް ނުޖެހޭނެކަމަށެވެ. އެއީ އޭނާއަށް އަހަންނާބެހޭގޮތުން ވަރަށް ގިނައެއްޗިހިއެނގޭނެތީ ކަމަށެވެ.

އެމެރިކާގެ ޔުނިވަސިޓީއެއްކަމުގައިވާ ޝިކާގޯގެ މާހިރުން ވިދާޅުވާގޮތުގައި ދެމަފިރިން ވަރަށްބޮޑަށް ވިސްނަން ވީ ކަމެއް އެބައޮތެވެ. އެއީ ދެމަފިރިން އެކަކު އަނެކަކު ވަރަށް ރަނަގަޅަށް ދަންނަކަމަށް ޤަބޫލުކޮށްފިނަމަ ދެމީހުންގެ ދެމެދުގައި ކުށްހީތައްއުފެދި އެކަމުގެ ސަބަބުން ދެމީހުން ދުރުވެ މައްސަލަތައް އުފެދޭތަން އަންނާނެކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް