ގދ. ތިނަދޫން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މީހެކެވެ. އެއީ އެންމެ ފުރަތަމަ އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް މައުލޫމާތު ލިބެއެވެ.
ތިނަދޫން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ދެއަކަށް އަރާފައިވާއިރު، ތިނަދޫން ފުރަތަމަ ޕޮޒިޓިވް ވި މީހާ، ގއ. ވިލިނގިލީގައި ހުންނަ ކޯވިޑް ފެސިލިޓީއަށް ގެންދިއުމުން ވިލިނގިލީ ރައްޔިތުން ނިކުމެ އެމީހާ އެރަށަށް އެރުވިޔަ ނުދީ ފޮނުވާލި މައްސަލަ ވަނީ ހޫނުވެފައެވެ.
އެމީހާ މިހާރުވަނީ މާލެ ގެނެސް، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދޭން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް