އެމްޖޭއޭގެ މެމްބަރުންނަށް ވުމުގެ ފުރުސަތު އަނެއްކާވެސް ނޫސްވެރިންނަށް ހުޅުވާލައިފި

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ މެމްބަރުންނަށް ވުމުގެ ފުރުސަތު ނޫސްވެރިންނަށް އަނެއްކާވެސް ހުޅުވާލައިފި އެވެ. މިއީ މި ޖަމިއްޔާގެ މެމްބަރަކަށް ވުމަސް ކުރިމަތިލާން ހުޅުވާލި ދެވަނަ ފަހަރ...

31 Aug 2020 | 18:29

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ މެމްބަރުންނަށް ވުމުގެ ފުރުސަތު ނޫސްވެރިންނަށް އަނެއްކާވެސް ހުޅުވާލައިފި އެވެ.

މިއީ މި ޖަމިއްޔާގެ މެމްބަރަކަށް ވުމަސް ކުރިމަތިލާން ހުޅުވާލި ދެވަނަ ފަހަރެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެމްބަރުންނަށްވުމަށް ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު އިތުރު ކުރަން ނިންމީ ދައިރާގައި މަސައްކަތް ކުރާ ނޫސްވެރިން އެކަމަށް އެދެމުންދާ ކަމަށެވެ.

މީގެ ކުރިން އިއްޔެގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައި ވީނަމަވެސް ރޭ ބޭއްވި އެމްޖޭއޭގެ އިންތިގާލީ އިންތިހާބީ ކޮމިޓީން ނިންމާފައިވަނީ މިއަދު ހަވީރު 6:00 އަށް މުއްދަތު އިތުރު ކުރާށެވެ.

އެމްޖޭއޭގެ މެމްބަރުންނަށް ވުމަށް ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވެ އެވެ އޭގެ ތެރޭގައި ކެމެރާމަން، ފޮޓޯގްރާފަރުން، ނޫސްވެރިން، އެޑިޓަރުން، ފްރީލާންސް ލިޔުންތެރިން، އާޓީސްޓުން، ކާޓޫނިސްޓުން އަދި ކޮންޓްރިބިއުޓަރުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް