މިއަދު ރާއްޖެއިން އިތުރު137 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި 96 ދިވެހިން ހިމެނެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 25 މީހުންނާއި، އިންޑިއާގެ ނުވަ މީހުންގެ އިތުރުން ސްރީލަންކާގެ ދެ މީހުންނާއި ނޭޕާލް ދެމީހުންނެވެ. އިތުރަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ފިލިޕިންސް މީހަކާއި ގާނާ މީހަކު އަދި ރަޝިޔާ މީހަކު ހިމެނެ އެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 2،615 މީހުންނަށެވެ. އޭގެ ތެރެއިން 172 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނުގެ މީހުންގެ ތެރެއިން ޖުމްލަ 5،155 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 7،804 މީހުންނަށެވެ. އޭގެ ތެރެއިން 28 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް