އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސ...

31 Aug 2020 | 16:20

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންޑިއާގެ 13 ވަނަ ރައީސް ކަމުގައިވާ ޕްރަނާބް މުކަރުޖީ މިއަދު މެންދުރު އަވަހާރަވިކަމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި، މިއީ އިންޑިއާއާއި މުޅި ދެކުނު އޭޝިއާ ސަރަޙައްދަށް ވެސް ގެއްލިގެން ދިޔަ ޚިދުމަތްތެރި ބަޡަލެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ޕްރަނާބް މުކަރުޖީ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކަކީ އަންނަން އޮތް ޖީލުތަކުން ވެސް ހަނދާން އާކުރަމުންގެންދާނެ ކަންތައްތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިންޑިއާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް އިޚުލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި، އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީގެ ޢާއިލާއަށް އެ މަނިކުފާނުގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް