ކޯވިޑުގައި އިންޑޮނޭޝިޔާއިން މަރުވި ޑަކުޓަރުންގެ އަދަދު 100 އަށް !

ކޯވިޑު 19ގައި އިންޑޮނޭޝިޔާއިން މަރުވި ޑަކުޓަރުންގެ އަދަދު މިއަދު 100 އަށް އަރާފައިވާކަމަށް އެ ގައުމުގެ ނޫސް އިދާރާތަކުން ބުނެފިއެވެ. އިންޑޮނޭޝިއަން މެޑިކަލް އެސޯސިއޭޝަނާ ހަވާލާދީ ބުނެފައިވާގޮތުގައި 10...

31 Aug 2020 | 12:32

ކޯވިޑު 19ގައި އިންޑޮނޭޝިޔާއިން މަރުވި ޑަކުޓަރުންގެ އަދަދު މިއަދު 100 އަށް އަރާފައިވާކަމަށް އެ ގައުމުގެ ނޫސް އިދާރާތަކުން ބުނެފިއެވެ.

އިންޑޮނޭޝިއަން މެޑިކަލް އެސޯސިއޭޝަނާ ހަވާލާދީ ބުނެފައިވާގޮތުގައި 100 ޑަކުޓަރުން މިހާތަނަށް މަރުވެފައިވާއިރު، އެތައް ޑަކުޓަރުންނެއް މިހާރުވެސް ކޯވިޑަށް ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

އެ ގައުމުން މިހާ ގިނަ އަދަދަކަށް ޑަކުޓަރުން މަރުވެފައިވާއިރު މިހާތަނަށް އެ ގައުމުން ކޯވިޑަށް 173،053 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 7343 މީހަކު ވަނީ މަރުވެފައެވެ. އިއްޔެ އެކަނިވެސް 82 މީހަކު އެ ގައުމުން މަރުވިއެވެ.

ކޯވިޑުގައި އިންޑޮނޭޝިޔާއިން 100 ޑަކުޓަރަކު މިހާތަނަށް މަރުވެފައިވާއިރު، ރާއްޖޭގައިވެސް ކޯވިޑުގެ ހާލަތު މިހާރު އަންނަނީ ގޯސް ވަމުންނެވެ. ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ މެނޭޖު ނުކުރެވޭނެ ކަމުގެ އިންޒާރު ދިވެހި ޑަކުޓަރުން މިހާރު ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް