ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. މި މަސައްކަތް މޮބަލައިޒް ކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ...

31 Aug 2020 | 10:29

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. މި މަސައްކަތް މޮބަލައިޒް ކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ރަސްމާދޫ ބަނދަރު ތަރައްގީ ކޮށް ނިމޭއިރު 9000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ އެވެ.

600 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އެ ރަށުގައި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 21.97 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫ އެ ކުންފުންޏައި ހަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް