ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ހުރިހާ މަަސައްކަތްތަކެއް ނިމެންދެން ޖަލްސާ ކުރިޔަށް ގެންދަން ފާސްކޮށްފި އެވެ.
މިއަދު މަޖިލީހުގައި ކުރިޔަށް ދަނީ މިއަހަރުގެ ދެ ވަނަ ދައުރުގެ 33 ވަނަ ޖަލްސާއެވެ. މި ޖަލްސާ އަކީ މި ދައުރުގެ ފަހު ޖަލްސާ އެވެ.
ޖަލްސާ ދިގު ދަންމާލަން ފާސްވީ 27 މެމްބަރުންގެ ވޯޓާއި އެކު އެވެ.
މިއަދު ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރުމަށް ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް ފާސްކުރުމުގެ އިތުރުން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ބިލު 2020 އާއި، ތައުލީމީ ބިލު އަދި އެހެން ބިލްތަކެއް ފާސްކުރުން މިއަދުގެ ޖަލްސާއަށްވަނީ އެޖެންޑާކޮށްފައެވެ.
މީގެ އިތުރުން ސަރުކާރުން ސެކިއުރިޓީ އިޝޫކުރުމާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފޮނުއްވާފައިވާ
މައްސަލައާމެދުވެސް މިއަދުގެ ޖަލްސާގައި ބަހުސްކޮށް ގޮތެއް ނިންމުމަށްވަނީ ހަމަޖެހިފައެވެ.
މިއަދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް