ސެމްސަންގް ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ، ވަރަށް ޚާއްޞަ އޮފަރތަކާއެކު ޕްރީ ބުކް ކުރުމަށް އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ، ވަރަށް ހާއްސަ އޮފަރތަކާއެކު ޕްރީ ބުކް ކުރުމަށް ރާއްޖޭގައި ހުޅުވާލައިފިއެވެ. ސެމްސަންގް ގެލެކްސީ ނޯޓްގެ މި އައު ފޯނުތަކަކީ ނިއު ނޯމަލް ގ...

31 Aug 2020 | 06:49

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ، ވަރަށް ހާއްސަ އޮފަރތަކާއެކު ޕްރީ ބުކް ކުރުމަށް ރާއްޖޭގައި ހުޅުވާލައިފިއެވެ. ސެމްސަންގް ގެލެކްސީ ނޯޓްގެ މި އައު ފޯނުތަކަކީ ނިއު ނޯމަލް ގެ ހާލަތާ އެކަށޭނަގޮތަށް، މަސައްކަތްކުރުމުގައި އަދި މުނިފޫހިފިލުވުމުގައިވެސް ޕަވަރ ފޯނެއްގެ ގޮތުގައި ސެމްސަންގްއިން ވަނީ ސިފަކޮށްފައެވެ.

މި ހާއްސަ އޮފަރގެ ތެރެއިން ޕްރީ ބުކް ކުރައްވާ އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ ފޯނަކާއެކު ކޮންމެ މަހަކު 12ޖީބީ ބޯނަސް ޑޭޓާ ހަ މަސް ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެއެވެ. މީގެ އިތުރުން ޕްރީ އޯޑަރ ކުރައްވާ ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 އަލްޓްރާ އަކާއި އެކު ގެލެކްސީ ބަޑްސް ލައިވްއެއްވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ. ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒްގެ ފޯނެއް ޕްރީ ބުކް ކުރައްވާ އުރީދޫ ކަސްޓަމަރުންނަށް، މިހާރު ގެންގުޅުއްވާ ސިމް، އީސިމް އަކަށް އަޕްގްރޭޑްކުރުމުގެ ފުރުސަތުވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ.

ސެމްސަންގް ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ ގެ އަގުތައް

އިއްޔެ ޕްރީ ބުކް ކުރުމަށް ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ޕްރީބުކް ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެއެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް