ހަތްރޯންކޭ ކިލާޅީގެ ހާއްސަ ސީޒަންގެ އެއްވަނަ ނިއާ އަށް!

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތް ޝެޓީގެ ރިއަލިޓީ ޝޯ "ހަތްރޯންކޭ ކިލާޅީ" ގެ ހާއްސަ ސީޒަންގެ އެއް ވަނަ ޓީވީ ތަރި ނިއާ ޝަރްމާ ހޯދައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން މިފަހަރުގެ ސީޒަންގައި ބައިވެރިވ...

31 Aug 2020 | 04:44

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތް ޝެޓީގެ ރިއަލިޓީ ޝޯ "ހަތްރޯންކޭ ކިލާޅީ" ގެ ހާއްސަ ސީޒަންގެ އެއް ވަނަ ޓީވީ ތަރި ނިއާ ޝަރްމާ ހޯދައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިފަހަރުގެ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ވަކި ބަޔަކަށެވެ. މި ސީޒަންގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ މީގެ ކުރީގެ ސީޒަންތަކުގައި ބައިވެރިވެ ގަދަ ފަހެއްގައި ވާދަ ކުރި މީހުންނެވެ.

ނިއާ އެއްވަނަ ހޯދީ ޑްރާމާ ސީރީޒްތަކުން މަޝްހޫރުކަން ހޯދާފައިވާ ޖޭސްމިން ބަސިން އާއި ކަރަން ވާހީ އާއި ވާދަކޮށްގެންނެވެ. ނިއާ ވާދަކޮށްފައިވަނީ ކަތްރޯންކޭ ކިލާޅީގެ އަށް ވަނަ ސީޒަންގައި އެވެ.

https://www.instagram.com/p/CEhAqfNF69c/

އެއްވަނަ ލިބުމުން އޭނާ ބުނެފައިވަނީ ބައިވެރިންނާއި ބެލުންތެރިންނަށް ސާބިތުކޮށްދޭއް ބޭނުންވީ އެއް ކަމެއް ކަމަށެވެ. އެއީ ނިއާ އަކީ ހަމައެކަނި މޭކަޕްކޮށް ސްޓައިލަށް ލޯބި ކުރާ މީހެއް ނޫންކަމަށާއި ކެރިގެން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ކެރޭ މީހެއް ކަމެވެ.

މިފަހަރުގެ ހާއްސަ ސީޒަންގެ ފިނާލޭގައި ގިނައިން ހުރީ ސްޓަންޓު ޖައްސަން ޖެހޭ ކަހަލަ މަސައްކަތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް