ކޯވިޑް-19ގެ ސަބަބުން ލޯނަށް އެދުނު ހުރިހާ މީޑިއާތަކަށް ލޯނު ދޫޕްކޮށްފައިވާ ކަމަށް ފައިނޭންސް ޑިވެލޮމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ބުނެފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެސްޑީއެފްސީއެކު އެމްއެމްސީން މިއަދު ބޭއްވި ބައްދަލުވުމުގައި، މިހާތަނަށް 8 މީޑިއާއަކަށް ލޯނު ދޫކޮށްފައިވާ ކަމަށް އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޖިނާދު ވިދާޅުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުދި މީޑިއާތައް ހިމެނޭއިރު އެއީ ލޯނަށް އެދުނު ހުރިހާ މީޑިއާތައް ކަމަށްވެސް އެސްޑީއެފްއާ ހަވާލާދީ އެމްއެމްސީން ވަނީ ބުނެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެސްޑީއެފްސީން ލޯނު ދޫކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވިޔަފާރިތަކަށް އަހަރަކު 10 މިލިއަނުން ދަށުގެ އާމްދަނީގެ ވިޔަފާރިތަކަށެވެ. އެ ފަރާތްތަކަށް ލޯނު ދޫކުރާ އިރު، މުވައްޒަފުން ވަޒީފާއިން ވަކިނުކުރުން ވެސް ޝަރުތެއްގެ ގޮތުގައި ހިމަނާފައި ވެއެވެ.
އެމްއެމްސީން ވަނީ ލޯނު ބޭނުންވާ މީޑިއާތަކުން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ވީ އެންމެން އަވަހަށް އެސްޑީއެފްސީއަށް ހުށަހެޅުމަށް މީޑީއާތަކަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް