އެހީ އާއި ލޯނުގެ ގޮތުގައި މިހާތަނަށް ރާއްޖެއަށް ލިބުނީ 190 މިލިއަން ޑޮލަރު: އަމީރު

ކޯވިޑް-19 އާ ގުޅިގެން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިހާތަނަށް ލިބިފައި ވަނީ 190 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާ...

31 Aug 2020 | 03:50

ކޯވިޑް-19 އާ ގުޅިގެން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިހާތަނަށް ލިބިފައި ވަނީ 190 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ފިނޭންސް މިނިސްޓަރު މިރޭ ގޮތުގައި މިހާތަނަށް 190 މިލިއަން ޑޮލަރު ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ލިބިފައިވެ އެވެ. ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ކޮންސެޝަނަލް ރޭޓުގައި ފައިނޭންސް ހޯދާށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ބަޖެޓުގެ ދަރަނި ކުޑަކުރުމަށް ބޭރުގެ ލޯނުވެސް ނަގަން ޖެހޭނެ ކަމަށާއި ލޯނު ނަގައިގެން ނަމަވެސް ބަޖެޓުގެ ދަރަނި ކުޑަކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ބޮޑަށް މަސައްކަތް ކުރެވެނީ ކޮންސެސަނަލް ފައިނޭންސް ހޯދުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ލިބޭ 250 މިލިއަން ޑޮލަރާއި ކުރިއަށް އޮތްތަނުގައި އައިޑީބީ އާއި އައިއެމްއެފް އަދި ވޯލްޑް ބޭންކާ ގުޅިގެން ވެސް ކޮންސެޝަނަލް ފައިނޭންސިން ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިހާރު ފެންނަނީ ފިސްކަލް ޑެފިސިޓް 15 ބިލިއަން ރުފިޔާގައި ހުންނާނެ. ކުރިއަށް އޮތް ތަނުގައި ޑެފިސިޓް ފޫބައްދަން އަޅުގަނޑުމެން މި އަހަރު ވެސް އަދި 2021 ގައި ވެސް މި ބަލަނީ ކޮންސެނަލް ފައިނޭންސިން ގޮތުގައި ބޭރުގެ ފަރާތަކުން ފަންޑާސް ހޯދަން،" އަމީރު ވިދާޅުވި އެވެ.

ސަރުކާރުން ކުރިން އަންދާޒާކުރީ މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނީ 30 ބިލިއަން ރުފިޔާ އަށެވެ. ނަމަވެސް މިހާރުގެ އަންދާޒާއަކީ ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ. އަދި މިހާތަނަށް ލިބިފައިވަނީ އަށް ބިލިއަނާ ގާތްކުރާ އަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް