އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ބެހޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އާންމުކޮށް ފުރުސަތު ހުޅުވާލައިފިއެ...

31 Aug 2020 | 03:28

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ބެހޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އާންމުކޮށް ފުރުސަތު ހުޅުވާލައިފިއެވެ.

އެންއައިސީގެ ތިން މެމްބަރަކު މިދިިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ވެސް ދާދި ފަހުން ވަނީ މަގާމުން ވަކި ކުރައްވައިފަ އެވެ.

ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 17 މީހެއްގެ ނަން ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް މި މަހުގެ 12 ވަނަ ދުވަހު ފޮނުއްވައިފަ އެވެ.

https://twitter.com/mvpeoplesmajlis/status/1300017198887362560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1300017198887362560%7Ctwgr%5E&ref_url=https%3A%2F%2Fmihaaru.com%2Fnews%2F79563

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެބޭފުޅުންނާ ބެހޭގޮތުން އެއްވެސް ޝަކުވާއެއްވާ ނަމަ އަންނަ މަހުގެ 13 ވަަނަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އެނގޭގޮތަށް، މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިއުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ.

ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރިހަކީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވައިގެން ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް