ކޯވިޑް-19 އަށް އިތުރު74 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 70 މީހުންނާއި އަތޮޅު ތެރޭގެ ރަށްތަކުން ހަތަރު މީހަކު ކަމަށެވެ.
ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި 30 ބިދޭސީންނެވެ. ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ 19 ބަންންގްލަދޭޝް މީހުންނާއި، އިންޑިއާގެ އަށް މީހަކާއި ސްރީލަންކާ މީހަކާއި، ނޭޕާލް އަދި ފިލިޕީނޯ މީހެކެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ 39 މީހުންނެވެ. މިއާއި އެކު ބލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 2،607 މީހުން ރަނގަޅުވި އެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑަށް ޕޮސިޓިވް މީހުންގެ ތެރެއިން މިހާރު ފަރުވާދެމުންދަނީ 1،155 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން 64 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވަނީ 3،793 މީހުންނެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް