ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ކޮށްފި

ކުޑަ ފިރިހެން ކުއްޖަކަށް އެއްޖިންސުން ޖިންސީ ގޯނާ ކުރި ފިރިހެނަކު ހައްޔަރުކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ ގއ. އަދި ގދ. އަތޮޅުގެ ރަށެއްގައި އެވެ. ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ މިއަދު ކަމަށެވެ...

31 Jul 2020 | 16:01

ކުޑަ ފިރިހެން ކުއްޖަކަށް އެއްޖިންސުން ޖިންސީ ގޯނާ ކުރި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ގއ. އަދި ގދ. އަތޮޅުގެ ރަށެއްގައި އެވެ. ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ މިއަދު ކަމަށެވެ.

މި މައްސަލައިގަ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިފަހަކަށް އައި ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިތުރުވެފައި އެވެ.

މިއަދު ވަނީ އައްޑޫ ސިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް